އިސްލާމީ ޖަމިޢިއްޔާ ޕީއެފްއައި އިންޑިއާސަރުކާރުން ބޭން ކޮށްފި
އިސްލާމީ ޖަމާއަތް ޕީއެފްއައި އަކީ ޓެރެރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑާއަޅާ އިންޑިއާ ސަރުކާރުން އެޖަމިއްޔާ ފަސް އަހަރަށް މަނާކޮށްފި އެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޕޮޕިއުލާ ފްރަންޓް އޮފް އިންޑިއާ (ޕީއެފްއައި) އާއި އެ ޖަމިއްޔާއާ ގުޅުން ހުރި ޖަމާއަތްތަކަކީ “ގާނޫނާ ހިލާފު ޖަމިއްޔާއެއް” ކަމަށް ބުދަ ދުވަހުން ފެށިގެން އިއުލާންކޮށް، އެ ޖަމިއްޔާ ފަސް އަހަރަށް މަނާކޮށްފަ އެވެ.
މި އަމުރު ނެރެފައިވަނީ އަނިޔާވެރިކަމާއި ގައުމާ ދެކޮޅު ހަރަކާތްތަކުގެ ތުހުމަތުކޮށް އިސްލާމީ ޖަމާއަތުގެ އެތައް މެންބަރުންތަކެއް އަންގާރަ ދުވަހާއި މަހުގެ ކުރީކޮޅު ކަމާބެހޭ ފަރާތްތަކުން ބަންދުކޮށްފައި ވަނިކޮށެވެ. ޕީއެފްއައި އިން ވަނީ އެ ދައުވާއަށް އިންކާރުކޮށް، ބަންދުކުރުމާއި އެއާ ގުޅުންހުރި ރެއިޑްތައް ކުށްވެރިކޮށް، އެއީ އުނދަގުލެއްގެ ގޮތުގައި ކުށްވެރިކޮށް، މަގުމަތީގައި މުޒާހަރާތައް ބާއްވާފަ އެވެ.
ބުދަ ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީއެފްއައިގެ ކަމާބެހޭ ފަރާތްތަކުން “ޖިނާއީ ރޭވުމެއް”ގެ ތެރެއިން އިންޑިއާ އާއި އިންޑިއާއިން ބޭރުގައި ފައިސާ ހޯދައި، އެއަށްފަހު އެތައް އެކައުންޓެއް މެދުވެރިކޮށް އެ ފައިސާ ޓްރާންސްފާކޮށް ފައިވާ ކަމަށެވެ.
އެއަށްފަހު މި ފައިސާ ބޭނުން ކުރަނީ “އިންޑިއާގައި އެކިއެކި ޖިނާއީ، ގާނޫނާ ހިލާފު އަދި ޓެރަރިސްޓް ހަރަކާތްތައް” ކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ ކުރިން އަންގާރަ ދުވަހު އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް އުއްތަރު ޕްރަދޭޝްގެ ފުލުހުން ބުނީ ޕީއެފްއައިއާ ގުޅުން ހުރި 57 މީހަކު ބަންދުކުރީ “އެމީހުން ހިންގާ އަނިޔާވެރި އަމަލުތަކާއި މުޅި ގައުމުގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް އިތުރުވަމުންދާތީ” ކަމަށެވެ.


