ބޭރުދުނިޔެ

ރަޝިޔާގެ 12 ޑިޕްލޮމޭޓަކު “ޖާސޫސީ ހަރަކާތްތަކުގައި” ބައިވެރިވުމުގެ ސަބަބުން އެމެރިކާއިން ބޭރުކޮށްލަނީ

ރަޝިޔާގެ 12 ޑިޕްލޮމޭޓަކު “ޖާސޫސީ ހަރަކާތްތަކުގައި” ބައިވެރިވުމުގެ ސަބަބުން އެމެރިކާއިން ބޭރުކޮށްލަން އެމެރިކާ ސަރުކާރުން އަމުރުކޮށްފިއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައިވާ މިޝަންއިން ބުނީ ރަޝިޔާގެ 12 ޑިޕްލޮމޭޓަކު “ޖާސޫސީ ހަރަކާތްތަކުގައި” ބައިވެރިވުމުގެ ސަބަބުން ހޯމަ ދުވަހު އެގައުމުން ބޭރުކޮށްލުމަށް އެމެރިކާއިން އަމުރުކޮށްފައިވާ ކަމަށެވެ.

“ރަޝިއާ ގެ މިޝަންއިން 12 އިންޓެލިޖެންސް އޮޕަރޭޓަރުން ބޭރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާއިން ރަޝިއާ ގެ މިޝަންއަށް މައުލޫމާތު ދީފައި ވޭ، އަހަރެމެންގެ ގައުމީ ސަލާމަތަށް ނޭދެވޭ ގޮތަށް ޖާސޫސީ ހަރަކާތްތަކެއް ހިންގައި، އެމެރިކާގައި ވަޒަންވެރިވުމުގެ އިމްތިޔާޒުތައް ނަހަމަ ގޮތުގައި ބޭނުން ކުރި 12 އިންޓެލިޖެންސް އޮޕަރޭޓަރުން ބޭރުކުރުމުގެ މަސައްކަތް އެމެރިކާއިން ވަނީ ފަށާފައި،” އެމެރިކާ މިޝަންގެ ތަރުޖަމާނު އޮލިވިއާ ޑެލްޓަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ” ހެޑްކުއާޓަރޒް އެގްރީމަންޓާ އެއްގޮތަށް އަޅުގަނޑުމެން މި ފިޔަވަޅު އަޅަމުން މިދަނީ. މިއަދުގެ އެކްޝަން މަސައްކަތްތަކުގައި އުޅޭތާ އެތައް މަހެއް ވެއްޖެ.”

މީގެ ކުރިން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރުގެ ނާއިބް އދގެ ސަލާމަތީ މަޖިލީހަށް ވިދާޅުވެފައިވަނީ، ރަޝިޔާގެ ޑިޕްލޮމޭޓުން ވަކިވާން އެންގީ “ޑިޕްލޮމޭޓުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާ އެއްގޮތަށް ނޫން” ހަރަކާތްތަކެއް ހިންގާތީ ކަމަށެވެ.

މިއީ ވޮޝިންޓަން އާއި މޮސްކޯއިން އެ ދެ ގައުމުގެ ޑިޕްލޮމޭޓުން ބޭރުކޮށްލި ފުރަތަމަ ފަހަރެވެ.  

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން ވަނީ ވޮޝިންޓަންގައި ހުންނަ އެމްބަސީގައި ރަޝިޔާގެ 2 ޑިޕްލޮމޭޓަކު ބޭރުކުރަން އުޅޭކަމަށް އިޢުލާނުކޮށްފައެވެ.

މި ނިންމުމަކީ އެމެރިކާގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ބާޓް ގޮރްމަން މޮސްކޯއިން ފުރާވަޑައިގަތުމަށް ރަޝިޔާއިން އަމުރު ކުރުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close