ބޭރުދުނިޔެ

ކެރޮލައިނާ ގެ އައްސޭރިފަށުން ޗައިނާގެ ޖާސޫސީ ބެލޫން އެމެރިކާއިން ވައްޓާލައިފި

ކެރޮލައިނާ ގެ އައްސޭރިފަށުން ޗައިނާގެ ޖާސޫސީ ބެލޫނެއް އެމެރިކާއިން ވައްޓާލާފައިވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ އޮޕަރޭޝަނަށް ތައުރީފު ކުރައްވައި، މިއީ ކާމިޔާބު ޓެކްޑައުންއެއް ކަމަށް ސިފަކުރައްވާފައެވެ. ބެލޫން އަކީ ގާތްގަނޑަކަށް ތިން ސްކޫލް ބަހުގެ ސައިޒުގެ އަދި 60،000 ފޫޓު އުސްމިނުގައި އުދުހޭ ބެލޫންއެއް ކަމަށް ބެލެވެ އެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މި ބެލޫން ޗައިނާއިން ބޭނުންކުރަމުން ދަނީ އުތުރު އެމެރިކާ އާއި އެމެރިކާގެ ސްޓްރެޓެޖިކް ސައިޓްތަކުގެ ސަވައިލަންސް ބޭނުންތަކަށެވެ.

ޗައިނާއިން ވަނީ އެމެރިކާގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، އެމެރިކާއިން ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ބެއިޖިންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނުން ނެތް މަދަނީ ވައިގެ އުޅަނދަށް ހަމަލާދިނުމަށް އެމެރިކާއިން ބާރުގެ ބޭނުންކުރަމުންދާތީ ޗައިނާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކުރާ ކަމަށެވެ. އަދި އިތުރު ޖަވާބެއް ދިނުމުގެ އިހްތިޔާރު ޗައިނާއަށް ލިބިގެންވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެފްއޭއޭ އިން ވަނީ ކެރޮލީނާ ގެ އައްސޭރިފަށުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ބެލޫން ނެގުމުގެ ކުރިން ފްލައިޓް ތައް މަނާކުރުމުގެ ސަބަބުން ލަސްވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމެރިކާގެ އަސްކަރީ ޖެޓްތަކާއި އުޅަނދުތައް ބެލޫންގެ ކުނިތައް ރިކަވަރީ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔައިރު، އެ ބެލޫންތައް ގޮއްވާލައި އޭގެ ބައިތައް މޫދަށް ފައިބާ ތަން ފެނުނެވެ. އޮފިޝަލުން ދަނީ އެބައިތައް އަޑިއަށް ދިއުމުގެ ކުރިން ވީހާވެސް ގިނަ ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އެންމެ ފުރަތަމަ މި ހަމަލާ އިއުލާނު ކުރެއްވީ ޗައިނާއިން އެ ބެލޫން ބޭނުން ކުރަނީ “ކޮންޓިނެންޓަލް އެމެރިކާގެ ސްޓްރެޓެޖިކް ސައިޓްތައް ހޯދުމުގެ ބޭނުމުގައި” ކަމަށެވެ. އެމެރިކާގެ ނިއުކްލިއާ މިސައިލް ސައިލޯ ފީލްޑްތަކުގެ ތެރޭގައި ހިމެނޭ މޮންޓާނާގެ މަތިން ބެލޫން އުދުހުމުން އެކަމުގެ ކަންބޮޑުވުން ބޮޑުވެ، އެ ބެލޫން ނަގަން ޖެހުނެވެ. އެންމެ ފަހުގެ ކަންކަމުގެ ސަބަބުން ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close