ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނާޒިމް ސައްތާރު އެއްބަސްވެއްޖެ
އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކޮށް ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ދައުވާ އަށް އެއްބަސްވެއްޖެއެވެ.
ލިވާތުކުރި ކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ނާޒިމް އަށް ކުރާ ދައުވާ އަކީ ބަދުއަހުލާގީ އަމަލެއް ހިންގުމުގެ ދައުވާއެވެ.
އެހެންކަމުން އޭނާ ވަނީ އެ ދައުވާ އަށް އެއްބަސް ވެފައެވެ. ޖިންސީ މައްސަލަތައް ކޯޓުގައި ކުރިޔަށް ގެންދަނީ ސިއްރުންނެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލެއް “ބައެއް ނޫސް ތަކަށް”އަށް ވިދާޅުވީ ނާޒިމަށް ކޮށްފައިވާ ދައުވާ އަށް އިއުތިރާފުވުމުން މައްސަލައިގެ ހުކުމް މިހަފްތާގައި ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ނާޒިމް އެ އަމަލު ހިންގާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކުއެވެ. އެ މައްސަލާގައި އޭނާވެސް ހައްޔަރުކުރިއެވެ. އަދި އޭނާ ވެސް ދައުވާ އަށް އިއުތިރާފުވުމުން ވަނީ ހަތް މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.
