ޚަބަރު

ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ޗައިނާ ރުޅިގަދަވެއްޖެ

ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ޗައިނާ ރުޅިގަދަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއާ ގުޅޭގޮތުން ކުރެއްވި އެ ޓްވީޓަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ރައްދު ދީފައެވެ.

ރައީސް ނަޝީދު އިއްޔަ ކުރެއްވި ޓްވީޓެއްގައި ވަނީ ދެކުނު ޗައިނާ ކަނޑު ހިމެނޭ ސަރަހައްދުގައި އޮންނަ ސްޕާޓްލީ އައިލެންޑް ހިސާބަށް އިނގިރޭސި ހަނގުރާމަ މަތީ މަނަވަރުތައް ވަދެ އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

މިވާހަކަތާ ގުޅިގެން ނަޝީދަށް ރައްދު ދެއްވައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ ބައިނަލްއަގުވާމީ ގަވައިދުތަކާ އެއްގޮތަށް ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރުމާ މެދު މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެ ގައުމުގެ އިސްތިގުލާލަށް ގޮންޖަހައި އެ ސަރަހައްދު ނުރައްކަލަށް ވައްޓާލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބޭއްވި ގައުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close