ޚަބަރު

އެއާޕޯޓް ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ސީލިން ފަޅާލައިގެން ފިލައިފި


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ބިދޭސީ އަކު އެތާނގެ ސީލިން ފަޅާލައިގެން ފިލައިފިއެވެ.


މިކަމާ ގުޅިގެން ފުލުހުން ބުނީ އެއާޕޯޓު ޑިޝެންޝަން ސެންޓަރު ފަޅާލާ ބިދޭސީއެއް ފިލިކަމުގެ ރިޕޯޓު ރޭ ފަތިހު ލިބިފައިވާކަމަށެވެ.

“މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަަލަމުން،” ފުލުހުން ބުންޏެވެ.

ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަނީ ރާއްޖެ އެތެރެވާން އަންނަ މީހުންގެ ތެރެއިން އެކި މައްސަލަތައް ކުރިމަތިވާ މީހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޓެންޝަން ސެންޓަރު ފަޅާލައިގެން ފިލީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވާ ބިދޭސީއެކެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close