މިއަދު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެ
މިއަދު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބިންހެލުމެއް އިންޑޮނޭޝިއާގެ ސުމަތުރާއަށް 0829 ގައި އައިސްފައިވާ ކަމަށާއި އެބިންހެލުން ރާއްޖެއަށްވެސް އިހުސާސްކުރެވުނު ކަމަށެވެ. ނަމަވެސް މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މިއަދު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވިނަމަވެސް ބިންހެލުން އައި ސަރަޙައްދުން (އިންޑޮނޭޝިއާ) އިން އެއްވެސް ހިސާބަކަށް އެއްވެސް ގެއްލުމެއް ވީކަމުގެ އެއްވެސް ޚަބަރެއް އަދި ނުލިބެއެވެ.
ބައެއް މީހުންނަށް ބިންހެލުމެއްގެ އަސަރު ކޮށްގެން އެކަމުގެ ރިޕޯޓް ލިބުމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ފުރަތަމަ ވިދާޅުވީ ރާއްޖެއަށް ބިންހެލުމެއްގެ އަސަރު ކޮށްފައި ނުވާކަމަށެވެ.
ނަމަވެސް ދެންމެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ހެނދުނު 08:29 ކަންހާއިރު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށެވެ.

