ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ ބިދޭސީއަކާ ސުވާލުކޮށްފި
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ ބިދޭސީއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އެއާޕޯޓުން ދެ ބިދޭސީއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި ކޮންއިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އަދި އެކަން ހާމަނުކުރި ނަމަވެސް ބައެއް މީޑިއާތަކުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި އުޅުނު ބަޔަކަށް ޝައްކު ކުރެވި ފުލުހުން ބަލާ ފާސްކުރިއިރު ސިއްރު ކެމެރާ ހުރެގެން ގެންދިޔަ ކަމަށް ބުނެފައެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އަދަދު އިތުރުވެފައި ވާއިރު ކަސްޓަމްސްއިން އަންނަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގަންނަމުންނެވެ.

