ރައްޔިތުންގެ ހިތުގަ އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ – ރޮޒައިނާ
ރައްޔިތުންގެ ހިތުގައި އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމުގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިގޮތަށް މި ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެވޭގޮތަށް ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމަކީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއްކަމަށް ތުހުމަތުކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިތުރަށް ރޮޒޭ ވިދާޅުވީ މާދަމާ ޕީޕީއެމްއަށް ވެރިކަން ލިބޭއިރަށް އަނެއްކާވެސް ތިބޭނީ އިންޑިއާއެކު އަނެއް އެއްބަސްވުން ހަދައިގެންކަމަށެވެ.
ރޮޒައިނާ ވަނީ، ސިޔާސީ ބޭނުމަށް ދޮގުހަދައި ރައްޔިތުންނާއި އަވައްޓެރި ޤައުމުތަކާ ޖައްސަން މަސައްކަތްކޮށްގެން ވާނީ ކޮން މޮޅެއްތޯ ސުވާލުކުރައްވާފައެވެ. ރައްޔިތުން “ގުނބޯ” ހައްދައިގެން އިންޑިއަ އައުޓް ގޮވަމުން ދުވާ ލީޑަރުންނަށް މިޤައުމުގެ މިނިވަންކަމަށް އެއްވެސް ނުރައްކަލެއް ނެތްކަން ރަނގަޅަށް އެނގވަޑައިގަންނަވާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މާދަން ވެރިކަން ލިބުނަސް ޕީޕީއެމް މީހުން ތިބޭނީ ހަމަ އަނެއްކާ އިންޑިއާއާ އެކީގަ އަނެއް އެގްރިމަންޓެއް ހަދައިގެން. ކުރިންވެސް ޕީޕީއެމް އިން ހެދި އެގްރީމެންޓެއް އުތުރު ތިލަފަޅު އެގްރިމަންޓަކީވެސް. ރައްޔިތުންގެ ހިތުގަ އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. – ރޮޒެއިނާ
– ރޮޒައިނާ އާދަމް
އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އިއްޔެވެސް ވަނީ ހިނގާލުމެއް ބާއްވާފައެވެ. ސުލްހަވެރިކަމާއެކު ބޭއްވި އެ ހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަންވެސް ވަނީ އެކަމަށް އައިސްފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ، އެ ގައުމުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާށެވެ. އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ.
ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.



އެކުވެރި ގައުމޭ ކިޔާފަ ރާއްޖޭގެ ހަތަރު ފަސް ސަރަހައްދުގަ ސިފައިން (މިލިޓަރީ ބޭސް ހެދުމުގެ) ބޭތިއްބުމުގެ ހުއްދަ ދޭން ޖެހޭބާ . އެއީވެސް އެމީހުންގެ މައްޗަށް ސަރުކާރުގެ އެއްވެސް އަމުރެއް ނުހިގާ ގޮތަށް. މިހާރުވެސް ހިތުހުރި އެއްޗެއް ހަދަމުން ދަނީ. މީސްމީހުން އެއްކޮށްފަ ހުންނަ ދަރުކޮޅުވެސް ވަގަށް ނަގަނީ.
ރޮޒޭނާ މެން ވެރިކަމަށް އަންނަން ޓުއަރިޒަމް ބޮއިކޮޓް ކުރި ދުވަސް ހަނދުމަފުޅު ނެތީތޯ�
ޗައިނާ އަށް މިހާރު ކުރަމުންދާ ފުރައްސާރަ އެއީ ތިޔަބޭފުޅުންގެ އޯގާތެރިކަންތޯ�