ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއް؟
الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކަންފަތް އެއްތަނަށްވުރެ ގިނަ ތަނުން ތޮރުފުމަކީ، ޑޮކްޓަރީ ގޮތުން ރައްކާތެރިކަމާއެކު ކުރެވޭކަމަށް ވަނީނަމަ އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް އަންނަނިވި ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.
މަހުރަމުން ނޫން މީހުންނަށް އެ ޒީނަތްތެރިކަން ނުދެއްކުން
ކާފަރު އަންހެނަކާއި ވައްތަރުވުމަށް ކުރެވޭ ކަމަކަށް ވެގެން ނުވުން: އެބައިމީހުންނަށް ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. މިގޮތުން ވަކި މީހެއްގެ ސްޓައިލަށް ތަބާވުމަށް ކަންފަތުގައި މުދިލުން ހުއްދައެއް ނުވާނެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރައްވަނީ:
(مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ.)
މާނައީ: ”ބަޔަކާއި އެއްގޮތް ވެއްޖެނަމަ އޭނާ ވަނީ އެބައިމީހުންގެ ތެރެއިންނެވެ.“
ކަންފަތުގައި އެލުވާ މުދި، އެއީ ސޮލީބު ފަދަ ކާފަރުންގެ ނިޝާންތަކަށް ވެގެން ނުވާނެއެވެ.
އަދި މިކަމަކީ ފިރިހެނަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.
والله أعلم
ޖަވާބު ދެއްވީ: ޑރ. މުހައްމަހު އިޔާޒް އަބްދުލް ލަތީފް

