ކޮޅަށް ހުރެ ކުޑަ ކަމު ދިޔުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟
ޖަވާބް 📚
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ކުޑަކަމު ދިޔުމަށްޓަކައި ކޮޅަށްހުރުމާއި ނުވަތަ އިށީންދެ އިނުމާއި ދެގޮތަކީވެސް ޖާއިޒް ދެގޮތެވެ.
ކުޑަކަމު ދާއިރުގައި ސަމާލުވާން ޖެހޭ ކަންތައް ތަކެއް ވެ އެވެ. އެއީ: އެހެން މީހުނަށް ފެނުމުން ތިބާގެ އައުރަ ރަށްކާތެރި ކުރުމާއި، ގިބުލަޔަށް ކުރިމަތި ނުވަތަ ފުރަގަސް ނުދިނުމާއި، އަދި އެއްމެ މުހިންމު ކަމަކީ ވީހާ ސާފު ތާހިރުކޮށް، ފަސޭހައިން އެހާޖަތް ފުއްދޭ ގޮތެކެވެ.
ކުޑަކަމުދާ ތަކެތި ގަޔަށާއި ލިބާހަށް އަދި ދުރު ހިސާބަށް ނުބުރާނޭ ގޮތެކެވެ. އެގޮތަކީ އިށީންދެ އިންދެގެން ނަމަ ރަންގަޅު ގޮތަކީ އިށީންދެ އިނުމެވެ. އަދި އެގޮތަކީ ކޮޅަށް ހުރެ ނަމަ ކޮޅަށް ހުރެ އެވެ.
އޭގެ މާނާކީ: ކުޑަކަމު ދިޔުމުގައި ކޮޅަށް ހުރުމާއި އިށީންދެ އިނުމާއި ދެގޮތުން ކުރެ ބޮޑަށް އައުލާވެގެންވާ ގޮތަކީ ތިމާ އެވަގުތުގައި ހުރި ހާލަތެވެ. ލައިގެން ހުރި ލިބާސް ނުވަތަ ކުޑަކަމު ދާން ޖެހޭ ތަން ނުވަތަ އެ މާހައުލެވެ.
އެވަގުތާއި ހާލަތުގައި އެއްމެހާ ޝަރުއީ އަދަބު ތަކަށް އެއްމެ ރަށްކާތެރިވެވޭ ގޮތަކީ އެއީ ކުޑަކަމު ދިޔުމުގައި އިށީންދެ އިނުމާއި ކޮޅަށް ހުރުމާއި ދެގޮތުންކުރެ ރަންގަޅު ގޮތެވެ.
އިތުރު އެކަލޭގެފާނުން އާދަވެގެން ކުޑަކަމު ވަޑައި ގައްނަވަނީ އިށީންދެ އިއްނަވައިގެއްނެވެ. އެއީ އާންމު ކޮށް ބިންމަށްޗަށް ދާ އިރުގައި ރަށްކާތެރި ގޮތަކީ އެއީކަމުގައިވީތީ އެވެ. އަދި ކޮޅަށް ހުއްނަވައިގެންވެސް ކުޑަކަމު ވަޑައި ގެއްނެވި އެވެ. އެއީ އެހާލަތުގައި ރަށްކާތެރި ގޮތެވެ.
ބޮޑުކަމު ނުވަތަ ކުޑަކަމު ދިޔުމުގައި ގިބުލަޔަށް ކުރިމަތި އަދި ފުރަގަސް ދިނުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް ދެކަމުން ހާޖަތަކަށް ދާން މަޖުބޫރު ވެފައިވާ މީހާ އެނޫން ގޮތެއް ނެތިއްޖެ ނަމަ އެފަދަ ތަނެއް ބޭނުން ކުރެވިދާނެ އެވެ. އަދި އަވަދިވުމުން އިސްތިޣްފާރު ކުރަންވާނެ އެވެ.
والله أعلم ޖަވާބް ދެއްވީ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް