ޚަބަރު

ވަންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ބޮޑު ތަފާތަކުން އެމްއެންޕީ ނަގައިފި


މިއަދު ބޭއްވި ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. މި އިންތިޚާބުގައި އެމްޑީޕީ ބަލިކޮށް އެ ގޮނޑި ކާމިޔާބުކުރީ ދާދި ފަހުން އުފައްދާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި އިންތިޚާބު ކާމިޔާބުކުރި އެމްއެންޕީއަށް ލިބިފައިވަނީ 132 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 89 ވޯޓެވެ. ދެ ކެނޑިޑޭޓުންގެ ދެމެދުގައި 43 ވޯޓުގެ ފަރަގެއްވެއެވެ.

ފަހަކަށް އައިސް ބާއްވާ ގިނަ ބައި އިލެކްޝަންތައް އެމްޑީޕީއަށް ނާކާމިޔާބުވެއެވެ.

މިއަދު ވަނީ ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް ބާއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close