ޚަބަރު

ގާފަރާ ދިމާ ބޭރުން ދަތުރު ކުރަމުންދިޔަ ސަފާރީއެއްގައި ރޯވެއްޖެ

ކ.ގާފަރާ ދިމާ ބޭރުން ނުވަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީައެފް އިން ބުނީ ކ.ގާފަރާ ދިމާ 13 މޭލު ހުޅަނގުން، ދަތުރުކުރި “އަވި” ނަމަކަށް ކިޔާ ސަފާރީގައި ރޯވެ އަނދަމުންދާކަމުގެ މައުލޫމާތު ލިބުނީ ރޭ 10:51 ގައި ކަމަށެވެ.

ސަފާރީގައި ތިބި ތިން ޓޫރިސްޓުންނާއި ހަ ފަޅުވެރިންނެވެ. އެ އެންމެން ސަލާމަތްކޮށް ގާފަރަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވުމާއެކު ފަޅުވެރިންނާއި ފަތުރުވެރިން ބަދަލުވީ ސަފާރީގެ ޑައިވިން ދޯންޏަށެވެ. ޑައިވިން ދޯނީގައި ތިއްބައި އެ މީހުން ނަގައިގެން ގާފަރަށް ގެންދިޔައީ ސީއެމްބިއުލާންސްގަ އެވެ.

ރޯވި ސަފާރީ ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close