ދީން

އައްވާބީން ނަމާދަކީ ކޮބައިތޯ؟ އަދި އެއީ އޮންނަ ނަމާދެއްތޯ؟

ސުވާލު :

އައްވާބީން ނަމާދަކީ ކޮބައިތޯއެވެ؟ އަދި އެއީ އޮންނަ ނަމާދެއްތޯ؟ އަދި ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުން އޮވޭތޯއެވެ؟

ގުޅުންހުރި ލިޔުންތައް

ޖަވާބު:

އައްވާބީން ނަމާދަކީ ޟުޙާނަމާދެވެ. އެއީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ.

ވުޟޫގެ ދެ ރަކްޢަތް އެއީ ސާބިތު ނަމާދެކެވެ.

އައްވާބީން ނަމާދު، ނުވަތަ ޟުޙާ ނަމާދާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “صَلَاةُ اَلْأَوَّابِينَ حِينَ تَرْمَضُ اَلْفِصَالُ” رواه مسلم މާނައީ: “އައްވާބީން ނަމާދުގެ ވަގުތަކީ ޅަ ޖަމަލަށް ބިންގަނޑުގެ ހޫނުކަން އިހުސާސް ކުރެވިގަންނަ ވަގުތެވެ.” އެސޮރުމެން ބަނޑުޖަހިއިގެން ތިބެފައި، ހެނދުނުގެ އިރު އަރައިގެން އައިސް ބިންގަނޑު ހޫނުވެގަތުމުން، އެހޫނުކަން އިހުސާސްވެގެން ތެދުވެގަންނަ ވަގުތެވެ. ނުވަތަ އެސޮރުމެންގެ ފައިކޮޅަށް ގަދަ ހޫނުކަން އިހުސާސްވެގެން ބަނޑުޖަހާގަންނަ ވަގުތެވެ.
އެހެން ޢިބާރާތަކުން ދަންނަވާނަމަ ހެނދުނުގެ ހޫނުކަން އެންމެ ގަދަވާ ވަގުތަކީ ޟުޙާނަމާދު ކުރުން އެންމެ މޮޅު އިތުރުވެގެންވާ ވަގުތެވެ. މި ޙަދީޘްގައި މިވާ އައްވާބީން ނަމާދަކީ އެއީ ހަމަ ޟުޙާ ނަމާދެވެ. ޟުޙާ ނަމާދުގެ ވަގުތު ފެށެނީ ލޮންސިއެއްގެ މިންވަރަށް އިރު އެރުމުންނެވެ. އަދި ނިމޭ ވަގުތަކީ މެންދުރު ނަމާދުގެ ކުޑަ ހިނދުކޮޅެއް ކުރީންނެވެ. އަދި އެނަމާދުކުރުން އެންމެ މޮޅުއިތުރުވެގެންވަނީ ހެނދުނުގެ އަވިއަރައިގަނެ ހޫނު އެންމެ ގަދަވެގަންނަ ވަގުތުގައެވެ.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close