ބޭރުދުނިޔެ

ބޭރުގެ ނުރައްކާތަކުން ސައުދީ ދިފާއުކޮށްދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް: ޕެންޓަގަން

ބޭރުގެ ނުރައްކާތަކުން ސައުދީ އަރަބިއްޔާ ދިފާއު ކުރުމަށް އެހީތެރިވުމަށް އެމެރިކާއިން ކުރާ ވައުދުތައް އަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ޕެންޓަގަން އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

އެކަން ކަށަވަރުކޮށްދީފައިވަނީ ޕެންޓަގަން އިން ނެރުނު ބަޔާނެއްގައެވެ. ޕެންޓަގަންގެ ބަޔާން އާންމުކޮށްފައިވަނީ އެމެރިކާއާއި ސައުދީގެ ސްޓްރެޓެޖިކް ޖޮއިންޓް ޕްލޭނިން ކޮމިޓީގެ މި ހަފްތާގައި ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.

އެމެރިކާގެ ވަފުދުގައި އަންޑަރ ސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ ކޮލިން ކާލް އިސްކޮށް ހުންނެވިއިރު، ސައުދީގެ ވަފުދުގައި އިސްކޮށް ހުންނެވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ޕްރިންސް ޚާލިދު ބިން ސަލްމާނެވެ.

އެމެރިކާއާއި ސައުދީގެ ދިފާއީ ޕާޓްނަރޝިޕްގެ ވަރުގަދަކަން ކާލްއާއި ޕްރިންސް ޚާލިދު އަލުން ކަށަވަރުކޮށްދެއްވި ކަމަށް ޕެންޓަގަންއިން ބުނެއެވެ. “އެމެރިކާގެ ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގެ ރަސްކަން ކަށަވަރުކޮށްދެއްވައި، ބޭރުގެ ނުރައްކާތަކުން ދިފާއުވުމަށް އެމެރިކާއިން ތާއީދު ކުރުމަށް އެމެރިކާއިން ވައުދުވެފައިވާކަން ޑރ.ކާލް ވަނީ ފާހަގަކުރައްވާފަ އެވެ.”

އަދި ޗައިނާއާ މެދު އެމެރިކާއިން އަމަލުކުރާ ގޮތާ ބެހޭ ގޮތުން ވެސް ދެ އޮފިޝަލުން ވާހަކަ ދެއްކެވި އެވެ. އަދި ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާއި، ކަނޑުގެ އިންޒާރުތަކާއި، އަނިޔާވެރި ހަރުކަށި ޖަމާއަތްތަކުގެ މައްޗަށް ވެސް އަލި އަޅުވާލާފައިވެއެވެ.

މި ސަރަޙައްދުގައި އީރާނުން ގެންގުޅޭ ހަމަނުޖެހުން ގެއްލުވާލާ ޢަމަލުތަކަކީވެސް މަޝްވަރާގެ މައުޟޫއެކެވެ. މި ދެބޭފުޅުން އެއްބަސްވީ އެއްބާރުލުން އިތުރުކޮށް މެދުއިރުމަތީގައި އަނިޔާވެރި ޣައިރު ދައުލަތް ޖަމާއަތްތަކަށް ނާޖާއިޒު ހަތިޔާރު އެތެރެކުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

ޕެންޓަގަން އިން ބުނީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީގައި ކުރިއަށް ގެންދާ ޓްރާންސްފޯމަޝަން ޕްރޮސެސްއަށް ކާލް ތައުރީފު ކުރައްވާ ކަމަށާއި އެއީ “ސައުދީ އަރަބިއްޔާއަށާއި އެމެރިކާއަށް ވެސް އެންމެ އިސްކަމެއް ދޭ ކަމެއް” ކަމަށެވެ.

އަދި ސަރަހައްދީ އިންޓަގްރޭޓެޑް އެއާ އެންޑް މިސައިލް ޑިފެންސް ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ކާލް ވަނީ ވާހަކަ ދައްކަވާފަ އެވެ. “އެމެރިކާއާއި ސައުދީގެ އަސްކަރީ އެއްބާރުލުން ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކާއި، ސަރަހައްދީ އެއްބާރުލުމާއި ސަލާމަތީ ކަންކަން ފުޅާކުރުމަށް ވަރުގަދަ އެދުމެއްގެ ތެރެއިން އެމެރިކާއާއި ސައުދީގެ އަސްކަރީ އެއްބާރުލުން ކުރިއަށް ގެންދިއުމުގެ މުހިންމުކަމާމެދު ދެ ފަރާތުން ވެސް އެއްބަސްވި،” ޕެންޓަގަން އިން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close