ޚަބަރު

ރައީސް ޔާމިން އަމިއްލަފުޅު ޓުވިޓަރ އެކައުންޓެއް ހައްދަވައިފި

ރައީސް ޔާމިން އަމިއްލަފުޅު ޓުވިޓަރ އެކައުންޓެއް ހައްދަވާ، ޕާރސަނަލް ޓުވިޓަރ އެކައުންޓެއް ބޭނުން ކުރައްވަން ފައްޓަވައިފިކަން ޕީޕީއެމްއިން ހާމަ ކޮށްފިއެވެ.

ރައީސް ޔާމިން އަމިއްލަފުޅު ޓުވިޓަރ އެކައުންޓެއް ހައްދަވާ، ޓުވިޓަރ އެކައުންޓު ބޭނުން ކުރައްވަން ފައްޓަވާފައިވާކަން ޕީޕީއެމްއިން މިރޭ ޔަގީން ކޮށްދީފައި ވާއިރު، މީގެ ކުރިންވެސް ރައީސް ޔާމިންގެ ނަން ބޭނުން ކުރައްވައިގެން ގިނަ އަދަދެއްގެ ޓުވިޓަރ އެކައުންޓުތައް ހަދާފައި ވެއެވެ. އެހެންނަމަވެސް މީގެ ތެރެއިން އެއްވެސް ޓުވިޓަރ އެކައުންޓަކީ އެމަނިކްފާނު ގެންގުޅުއްވާ އެކައުންޓްތަކެއްކަން ޔަގީން ކުރެވިފައެއް ނުވެއެވެ.

އަދި ޓުވިޓަރ އެކައުންޓުތަކަކީ، ކާކުކަން ނޭގޭގޮތަށް މަޝްހޫރު މީހުންގެ ޕްރޮފައިލްތައް ބޭނުން ކޮށްގެން، ފޭކް އެކައުންޓުތައް ހިންގޭ ޕްލެޓް ފޯމަކަށް ވުމާއެކު، ރާއްޖޭގެ ސިޔާސީ މީހުންގެ ނަމުގައި، މިހާރުވެސް މި ޕެލެޓްފޯމު ބޭނުންކޮށްގެ ގިނަ އަދަދެއްގެ ފޭކް އެކައުންޓުތައް ހިންގަމުން ދެއެވެ. އަދި މިހާތަނަށް، ރަސްމީކޮށް އާންމުކޮށްގެން ރައީސް ޔާމިން ޓުވިޓަރ އެކައުންޓެއް ބޭނުން ކުރައްވާފައެއް ނުވެއެވެ.

ރައީސް ޔާމިން ރަސްމީކޮށް ޓުވިޓަރ ބޭނުން ކުރައްވަން ފައްޓަވާފައި ވާއިރު، ރާއްޖޭގައި ސިޔާސީ މީހުންގެ މެދުގައި އެންމެ މަގުބޫލު، އަދި އެންމެ ގިނައިން ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ޓުވިޓަރކަން ފާހަގަ ކޮށްލެވެއެވެ. އަދި ޓުވިޓަރ ޕްލެޓްފޯމު ފާހަގަވެފައިވަނީ، ސިޔާސީ މީހުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުން، އާންމު އިއުލާންތަކާއި މެސެޖްތައް އާންމު ކުރުމުގައި މިހާރު އެންމެ އާންމުކޮށް ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓް ފޯމްވެސްމެއެވެ.

ދާދިފަހުން، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އެލޮން މަސްކުވަނީ، 44 ބިލިއަން އެމެރިކާ ޑޮލަރަށް މި ކުންފުނި ގަނެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި ޕްލެޓްފޯމަށް ބޮޑެތި ބަދަލުތަކެއް އަންނާނޭކަމަށް ދަނީ ބެލެވެމުންނެވެ.

އެއް ކޮމެންޓް

  1. RY ah ves Hama Twitter folo kureveyne saabahee RY ehen meehun heekuranee thoachcheh RY ah Hama evves kameh nukureveyne kamah,
    RY ge emme hiygaimu emme lobuveyhi kamakee RY ge Shakhusiyyathuge furihama Kan, twitaaga ves beynunfulhu kurevvee gaumee nishaan, varah ves furihama varah ves furihama, edhenee Dhuaa akee ves RY ah heonaseebaa kurierun minvaru kurevvun Aameen.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close