ޚަބަރު

މާފަރު އެއާޕޯޓަށް ޖެއްސި ޖެޓްގެ އަދަދު މިއަހަރު ދަށަށް


މިއަހަރުގެ ފުރަތަމަ ކުއާޓާގައި ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށްޖެއްސި ޖެޓް އަދަދު މިދިޔައަހަރުގެ ފުރަތަމަ ކްއާރޓަރާއި އަޅާބަލާއިރު ދަށަށް ގޮސްފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެއާޕޯޓަށް ޖެއްސި ޖެޓް އަދަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އަޅާބަލާއިރު މަދުވެފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޖައްސާފައިވަނީ 190 ޖެޓް އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 210 ޖެޓް ޖައްސާފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މާފަރު އިންޓަރނޭޝަން އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް 708 ޓޫރިސްޓުން ވަނީ އެތެރެވެފަ އެވެ. އަދި މި މުއްދަތުގައި އެ އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރުވެފައިވަނީ 762 ޓޫރިސްޓުންނެވެ.

މާފަރު އެއާޕޯޓް 2019 ވަނަ އަހަރު ހުޅުވިއިރު، އިންޓަނޭޝަނަލް އެއާޕޯޓެއްގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރު އެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close