ރެސިޕީ

ނާރެސް ރެސިޕީ: ކަނަމަދު ކޭކް 

ނާރެސް ރެސިޕީގައި މިއަދު މިގެނެސްދެނީ ކަނަމަދު ކޭކް ތައްޔާރުކުރާނެ ގޮތެވެ. މިއީވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބާވަތެކެވެ. ރޯދަމަހަށާއި، އެނޫން ދުވަސްތަކުގައިވެސް ވަރަށް ކަމުދާނެއެވެ. އަވަށްޓެރިންނާއި، އެކުވެރިންވެސް ކެއުމުގައި ބައިވެރިކޮށްލަން މިކޭކް ވަރަށް ކަމުދާނެއެވެ.  

ބޭނުންވާތަކެތި 

250 ގ. ބަޓަރ 

ގުޅުންހުރި ލިޔުންތައް

250 ގ. ފުށް 

250 ގ. ހަކުރު 

6 ބިސް 

2 މޭޒުމަތީ ސަމުސާ ހިކިކިރު  

1 މޭޒުމަތީ ސަމުސާ ކޮކޯޕައުޑަރ 

2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ 

½ ސައިސަމުސާ ވެނީލާ އެސެންސް 

½  ޖޯޑް ކަނަމަދު ( ރާޅުކޮށް މުގުރާފަ ) 

ތައްޔާރުކުރާނެގޮތް 

ފުރަތަމަ ހަކުރާއި، ބިހާއި، އަދި ބަޓަރުކޮޅާ އެއްކޮށްފައި ހަކުރުކޮޅު ވިރެންދެން ގިރާލާށެވެ. ދެން ފުށާއި، ކިރު ފޮދު އަދި ކޮކޯޕައުޑަރާ ، ބޭކިންގ ޕައުޑަރ ކޮޅު އަޅާލާށެވެ. އެ އަށް ފަހު، އަނެއްކާ ވެސް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ކަނަމަދު ޖޯޑުން އެއްބަޔާއި ވެނީލާ އެސެންސު ފޮދު އެޅުމަށް ފަހު، ދެން ސަމުސަލަކުން ރަނގަޅަށް އެއްކޮށްފައި، ޓްރޭއަކަށް (ފުލުގައި ތެޔޮފޮދެއް ހާކާފައި) އެޅުމަށް ފަހު ބާކީ ހުރި ކަނަމަދުކޮޅު ކޭކްމައްޗަށް ރީތިކޮށް ބުރުވާލާށެވެ. ދެން އަވަން ދޮންކޮށްލުމަށްފަހު ފިހަން ލާށެވެ.  

130 ޑިގްރީ ސެލްސިޔަސް ގައި 30 މިނިޓް ވަންދެން އަވަނުގައި ބަހައްޓާށެވެ. ކޭކް ފިހެވުނީމާ ނަގާށެވެ.  

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close