ރެސިޕީ

ނާރެސް ރެސިޕީ: ކުއްޅަވައް މިލްކްޝޭކް

ކުއްޅަވަކަކީ ވަރަށް ގިނަ ގޮތްގޮތަށް ތަފާތު ބާވަތްތަކުގެ ކެއުންތަކާއި، ބުއިންތައް ތައްޔާރުކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަ މީރު މޭވާއެކެވެ. އެގޮތުން މިފަހަރު ނާރެސް ރެސިޕީގައި މިގެނެސްދެނީ ކުއްޅަވަކުގައި މިލްކް ޝޭކް ތައްޔާރުކުރާނެގޮތެވެ. މިއީ ވަރަށް ފަސޭހަކަމާއިއެކު ތައްޔާރުކޮށްލެވިދާނެ އަދި ރޯދަމަހަށް ވަރަށް ޚާއްޞަ މެޔަށް ފިނިކަން ގެނެސްދޭނެ މީރު ބުއިމެކެވެ.

ބޭނުންވާތަކެތި:

1  ސްކޫޕް އައިސް ކްރީމް

1  މޭޒުމަތީ ސަމުސާ ހިކި ކިރު

1/2  ޖޯޑު މޭޒުމަތީ ސަމުސާ ހަކުރު

1  ތަށި އައިސް ފެން

1  ކުއްޅަވައް ( ތޮއްޓާއި އޮށް ވަކިކުރުމަށްފަހު ފުށްގަނޑު އެކަނި )

3  އައިސް ކިއުބް

 ތައްޔާރު ކުރާނެ ގޮތް:

ފެން، ހަކުރު، ކުއްޅަވައް ފުށްގަނޑު، ހިކި ކިރު، އެއްކޮށް ބްލެންޑަރެއްގެ ތެރެއަށްއަޅާ މިކްސްކޮށްލުމުން މިހުރީ ކުއްޅައް މިލްކް ޝޭކް ތައްޔާރުވެފައެވެ. މިބުއިން ސަރވް ކުރުމުގައި ޤާނިޝް ކޮށްލުމަށް ކުޑަކުއްޅަވަކެއް ( ޅަކުއްޅަވަކެއް ) ތަށީގެ ތުންފަތަށް ޖަހާލައިފައި ބޭންދުމުން ނަލަވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close