ރެސިޕީ

ނާރެސް ރެސިޕީ: ކުއްޅަވައް ބޯކިބާ

ކުއްޅަވަކަކީ ވަރަށްގިނަ ގޮތްގޮތަށް ބޭނުންކުރެވޭ މީރުމޭވާއެކެވެ. މަޑު ހުތްރަހައެއް ހުރުމާއެކު ފަނިގިރުމާއި، މޮޑެގެން ގިނަ މީހުން ކެއުމަށް ބޭނުންކުރާ ކުއްޅަވަކުން މިފަހަރު މިތައްޔާރުކޮށްލަނީ އާދަޔާ ޚިލާފު އަމިއްލަ އުފެއްދުމެކެވެ. ދިވެހި އުފެއްދުމެކެވެ.

ކުއްޅަވަކު ބޯކިބަލަކީ މިހެން ބުނެލުމަކުން އޭގެ ރަހައިގެ މީރުކަން އިޙްސާސްވާނެ އެއްޗެއްނޫނެވެ. މުޅިން އަލަށް ތައްޔާރުކުރެވޭ ކުއްޅަވަކު ބޯކިބަލުގެ އަޖުމަ ބައްލަވާލައްވާށެވެ. ވަރަށް ކަމުދާ ކެއުމަކަށް ވާނެކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތީ:

2 ކުއްޅަވައް

1 މަސްދަޅު

1 ގަނޑު ވަޅޯމަސް ( އާދައިގެ )

 ޖޯޑް ގޮދަންފުށް

1 ފިޔާ ބޮޑު

2 ލޮނުމެދު

1 ގިތެޔޮމިރުސް ( ބޮޑު )

2 ހިކަނދިފަތް

1 ސަމުސާ އަސޭމިރުސް ( ކުޑަ )

1 ކާށީގެ ހުނި ( މެދު )

ރަހަލާވަރަށް ލޮނުކޮޅެއް

ތައްޔާރުކުރާނޭގޮތް:

ކުއްޅަވައް ފެނުއަޅާފައި 12 ގަޑިއިރު ބަހައްޓާށެވެ. ދެން ފުށާއި ކުއްޅަވައް ފިޔަވައި އެހެން ހުރިހާއެއްޗެއް އެއްކޮށް މޮޑެލާށެވެ. އެއްކޮށް މޮޑެފާ ދެން ކުއްޅަވައް އަޅާށެވެ. އަނެއްކާވެސް އެއްކޮށްމޮޑެލާށެވެ. ކުއްޅަވައް އަޅާނީ ތޮއްޓާއި ނުލައެވެ. ދެން އޭގެ ފަހުން ގޮދަން ފުށްއަޅާފައި މޮޑެލާށެވެ. ދެން ޓްރޭއަކަށް އަޅާފައި އަވަނަށްލާށެވެ.

200 ގައި ޓެމްޕޯ ބަހައްޓައިގެން ފިހާށެވެ. ރަގަޅަށް ފިހުނީމާ އަވަނުން ނަގާށެވެ. އޭރުން އެހެރީ ކުއްޅަވަކު ބޯކިބާ ތައްޔާރުކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close