ނާރެސް ރޯދަސުފުރާ – ޓޫނާ ޓޯސްޓް
ނާރެސް ރޯދަސުފުރާއިން މިއަދު މިގެނެސްދެނީ ޓޫނާ ޓޯސްޓް ތައްޔާރު ކޮށްލާނެގޮތެވެ. މިއީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އަނގަޔަށް މީރު ހިތްގައިމު ހެދިކާއެކެވެ. ރޯދަމަސް ނިމުމުގެ ކުރިން އަޖުމަ ބަލައިލާށެވެ.
ބޭނުންވާތަކެތި:
1 ފުޅި މަޔޯ ނައިސް މެދު
1 ދަޅު ފެލިވަރު މަސް
2 ފޮތީ ޗީސް
2 ފިޔާ ބޮޑު
4 ލޮނުމެދު ބޮޑު
1 ކެޕްސިކަމް
1 ލީގްސް
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
1 ގިތެޔޮމިރުސް
ކުޑަ އަޖުނަ މޮޓޯ ކޮޅެއް
1 ޕެކެޓް ސޫޕް
ތައްޔާރުކުރާނެގޮތް:
ހުރިހާ އެއްޗެއް ކިޔުބު ގޮތަށް ކޮށާށެވެ. ދެން ތަވަޔަށް ތެޔޮކޮޅެއް އަޅާ އުނދުނަށް އުދާށެވެ. ދެން ކޮށި ހުރިހާ އެއްޗެއް ތަވަޔަށް އަޅާށެވެ. އަދި މޯޅި ވެލަންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް މަސްދަޅާއި އަޖުނަމޮޓޯ ކޮޅާއި، އަސޭމިރުސްކޮޅާ ސޫޕްޕެކެޓް ވެސް އަޅާ ލޮނުހެޔޮވަރު ކޮށްލާށެވެ. ދެން މަޔޯނައިސް ފުޅި އަޅާށެވެ. ދެން އޭގެ ތެރެއަށް 2 ފޮތި ޗީޒް ލައި އެއްކޮށް ލުމަށްފަހު ބާލާށެވެ. މިހާރު އެހެރީ ޓޯސްޓްއަށް ބޭނުންވާ މަސްގަނޑު ހެދިފައެވެ.