ބޭރުދުނިޔެ

ރަޝިއާއިން ޑޮންބާސް އަށް ހަމަލާދޭން ފަށައިފި

ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީ ޑޮންބާސް އަށްވެސް ހަމަލާދޭން ފަށައިފިކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހޯމަ ދުވަހު ވަނީ އިރުމަތީ ޑޮންބާސް ސަރަހައްދުގައި ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާކަން ހާމަކުރެއްވީ އޭނާގެ ޑެއިލީ ވީޑިއޯ ތަޤްރީރުގައެވެ.

“މިހާރު އަޅުގަނޑުމެންނަށް ބުނެވިދާނެ ރަޝިއާ ސިފައިން ޑޮންބާސްގެ ހަނގުރާމަ ފަށައިފިއޭ، އެކަމަށް އެމީހުން ވަރަށް ގިނަ ދުވަސް ވެއްޖެ. މުޅި ރަޝިއާގެ އަސްކަރިއްޔާގެ ވަރަށް ބޮޑު ބައެއް މިހާރު ފޯކަސް ކޮށްފައި ވަނީ މި ހަމަލާއަށް،” ޒެލެންސްކީ އޭނާގެ ޑެއިލީ ވީޑިއޯ ތަގުރީރުގައި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ “ރަޝިއާގެ ކިތަންމެ ސިފައިން ނެއް އެތަނަށް އެރި ނަމަވެސް އަހަރެމެން ހަނގުރާމަ ކުރާނަން. އަޅުގަނޑުމެން ދިފާޢުކުރާނަން. ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން މިކަން ކުރާނަން. ޔޫކްރެއިންގެ އެއްވެސް އެއްޗެއް ދޫކޮށެއް ނުލަން.” ވީޑިއޯގައި ބުނެފައިވެއެވެ.

މޮސްކޯއިން މިދިޔަ މަހު ކިއޭވްގެ ވަށައިގެން ވާ ސަރަހައްދުތަކުން ފޭބުމަށްފަހު ޑޮންބާސްއަށް އެއްގަމު މަގުން ހަމަލާ ދޭން ފެށުމުގެ ތައްޔާރީތަކުގައި ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގައި އެގައުމުގެ ފައުޖުތައް ދަނީ ބިނާކުރަމުންނެވެ.

ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖޯން ކާރބީ ހޯމަ ދުވަހު ވިދާޅުވީ “ރަޝިޔާއިން މަސައްކަތް ކުރަނީ ޑޮންބާސްގައި އިތުރު ހަރުކަށި، އޯވަރ އަދި ބޮޑެތި ގްރައުންޑް މަނަވަރުތައް ހިންގުމަށް ޝަރުތުތައް ކަނޑައެޅުމަށް” ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close