އެމެރިކާއިން ރަޝިއާއަށް ދަތިކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފި
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރަޝިއާގެ ސޮވެރިން ދަރަންޏަށް ހުޅަނގުގެ ފައިނޭންސް ކަނޑާލައިފައިވާ ކަން ބައިޑެން އިޢްލާން ކުރައްވައިފިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ކަމެއްގެ ގޮތުން ރަޝިއާގެ ސޮވެރިން ދަރަންޏަށް ހުޅަނގުގެ ފައިނޭންސް ކަނޑާލައިފައިވާކަން ބައިޑެން އިއުލާން ކުރެއްވީ ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޕުޓިން ދެކެވަޑައިގަންނަވަނީ، އަވަށްޓެރި ގައުމުތަކަށް ނިސްބަތްވާ ބިމުގައި، އާ ނަމުން ނަންދެވިފައިވާ ގައުމުތައް އިޢްލާން ކުރުމުގެ ހައްގު އޭނާއަށް ލިބިދޭ ކަމަށެވެ.
މޮސްކޯގެ ތާއީދު ލިބިފައިވާ ދެ ސަރަހައްދެއްގެ މިނިވަންކަން އިޢްލާން ކުރެއްވި ފަހުން، ޓީވީ މެދުވެރިކޮށް ދެއްވި ފުރަތަމަ ތަގުރީރުގައި ބައިޑަން ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ވާހަކަފުޅު ދެއްކެވި ކަމަށެވެ.
“މިއީ ޔޫކްރެއިންއަށް ރަޝިޔާއިން އަރައިގަތުމުގެ ފެށުން” ބައިޑަން ވިދާޅުވިއެވެ. ބާރުގެ ބޭނުންކޮށްގެން އިތުރު ބިންތައް ނެގުމުގެ އަސާސެއް ޕޫޓިން ކަނޑައަޅުއްވަމުން އެބަ ގެންދަވައެވެ.
ބައިޑަން ވިދާޅުވީ އެންމެ ފުރަތަމަ ގެއްލުން ވާނީ ރަޝިއާގެ ދެ ބޭންކަކާއި ރަޝިއާގެ ސޮވެރިން ޑެޓް އަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާގެ ކޮމާންޑަރުންނާއި އެމީހުންގެ އާއިލާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.



