ބޭރުދުނިޔެ

ސްރީލަންކާގައި ހަމަނުޖެހުން ބޮޑުވެ ކުއްލި ހާލަތު އިއުލާން ކޮށްފި

ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުން ދާތީ އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ކުއްލި ހާލަތު އިއުލާން ކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވާފައި ވަނީ، އެ ގައުމުގައި ދިމާވި އިގުތިސޯދީ ކާރިސާއަކާ ގުޅިގެން، އެތައްސަތޭކަ ބަޔަކު ރުޅިވެރިކަން ދައްކައި އޭނާގެ ގެކޮޅަށް ގަދަކަމުން ވަންނަން މަސައްކަތް ކުރާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ “އާންމު ސިއްހަތު ރައްކާތެރިކުރުމާއި މުޖުތަމައުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ސާމާނާއި ހިދުމަތްތައް ދެމެހެއްޓުމަށް” ކަމަށް އޭނާ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ޒަރޫރީ ބޭނުންތައް ނުފުދުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ކަރަންޓް ކެނޑުމުގެ ދަތިކަން ކުރިމަތިވަމުން ދާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ގާލީ، މަޓާރާ އަދި މޮރާޓޫވާގެ ދެކުނުގެ ސިޓީތަކުގައި ވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވަނީ ކޮށްފައެވެ. މީގެ އިތުރުން އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ވެސް މިފަދަ މުޒާހަރާތައް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެރިރަށް ކޮލަމްބޯ ހިމެނޭ ގޮތަށް ހުޅަނގު ޕްރޮވިންސްގައި ހުކުރު ދުވަހުގެ ރޭ ކާފިއު އިއުލާންކޮށްފައިވާއިރު ފުލުހުން ވަނީ ރޭގަނޑު ކާފިއު އިއުލާންކޮށް، އެ ގައުމުގައި ނޯ-ގޯ ޒޯން ވެސް ފުޅާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close