އިސްރާއީލާ ގުޅުންހުރި ގޭސް މަޝްވަރާތަކާ ގުޅިގެން އީރާނުން ޢިރާޤަށް އަމާޒުކޮށް ޙަމަލާދިން: އޮފިޝަލުން
އިސްރާއީލުގެ އެހީގައި ތުރުކީވިލާތާއި ޔޫރަޕަށް ގޭސް ސަޕްލައިކުރުމަށް ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމަށް އިރާޤުގެ ކުރުދިސްތާން ސަރަޙައްދުން އެކުލަވާލި ޕްލޭނަކީ އީރާނުން މިމަހު ބެލިސްޓިކް މިސައިލްބޭނުންކޮށްގެން ކުރުދީންގެ ވެރިރަށް އަރްބީލްއަށް ޙަމަލާދިނުމަށް ރުޅިގަދަވި ޕްލޭނެއްކަމަށް ޢިރާޤާއި ތުރުކީވިލާތުގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.
މާޗް މަހުގެ 13 ވަނަ ދުވަހު އަރްބީލްއަށް ދިން ހަމަލާއަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ފާޅުގައި އިޢްލާން ކުރި ވަރަށް މަދު ން ނޫނީ ނުފެންނަ ހަމަލާއެކެވެ.
އައި.އާރް.ޖީ.ސީން ބުނީ މި ޙަމަލާގެ ސަބަބުން އަރްބީލްގައި ހުންނަ އިސްރާއީލުގެ “ސްޓްރެޓީޖިކް ސެންޓަރުތަކަށް” ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ އިސްރާއީލުން ސޫރިޔާގައި ދިން ވައިގެ ޙަމަލާއެއްގައި އެ ޖަމާޢަތުގެ ދެ މެމްބަރަކު ޝަހީދުކޮށްލާފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ޙަމަލާއެއްކަމަށެވެ.
ނަމަވެސް ޓާގެޓް އިހްތިޔާރު ކުރުމުގެ ސަބަބުން ގިނަ އޮފިޝަލުންނާއި އެނަލިސްޓުން ނަށް ވަނީ ހައިރާންކަން ގެނެވެއެވެ. 12 މިސައިލްގެ ތެރެއިން ގިނަ މިސައިލްތައް އަރާފައިވަނީ ކުރުދިސްތާން ސަރަހައްދުގެ ހަކަތައިގެ ދާއިރާގައި ހަރަކާތްތެރިވާ ކުރުދީ ވިޔަފާރިވެރިއެއްގެ އިމާރާތަކަށެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް މި ހަފްތާގައި ރޮއިޓަރސްއާ ވާހަކަދެއްކި ޢިރާޤާއި ތުރުކީވިލާތުގެ މަސްއޫލުވެރިން ވިދާޅުވީ މި ޙަމަލާގެ މާނައަކީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ ބައިވެރިންނަށް ގިނަ ގުނަ މެސެޖެއް ދިނުންކަމަށް ޤަބޫލުކުރާކަމަށާއި ނަމަވެސް މުހިންމު ޓްރިގަރއަކީ އިސްރާއީލުގެ ބައިވެރިވުމާއެކު ތުރުކީވިލާތާއި ޔޫރަޕަށް ކުރުދީ ގޭސް ޕަމްޕްކުރުމުގެ ޕްލޭނެއްކަމަށެވެ.
“އާ ޕައިޕްލައިނެއް މެދުވެރިކޮށް ކުރުދިސްތާން ގޭސް ތުރުކީއަށް ފޯކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިޒްރޭލާއި އެމެރިކާގެ ހަކަތައިގެ އޮފިޝަލުންނާއި ސްޕެޝަލިސްޓުންނާ ދެމެދު ދާދި ފަހުން ދެ ބައްދަލުވުމެއް ބޭއްވި،” އިރާގުގެ ސަލާމަތީ އޮފިޝަލަކު ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އީރާނުގެ ފޮރިން މިނިސްޓްރީ އާއި އައިއާރްޖީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ތަކަށް އަދި ޖަވާބެއް ނުދޭކަމަށް ރޮއިޓާސް ބުނެއެވެ.



