އިސްރާއީލު ސިފައިން ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރީގައި ހިނގި ކުރިމަތިލުމެއްގައި އިސްރާއީލު ސިފައިން ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގި ކުރިމަތިލުމެއްގައި އިސްރާއީލު ސިފައިން ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ، އިސްރާއީލު މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ގެތަޅާލުމަށް އިސްރާއީލު ސިފައިން ތައްޔާރުވެފައި ތިއްބާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާއި، ހޯމަ ދުވަހު ބުނެފައި ވެއެވެ.
މި ކުރިމަތިލުންތައް ފެށުނީ، ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު، ހޫޝްގެ ޔަހޫދީ އައުޓްޕޯސްޓް ކައިރީގައި، ކާރަކަށް ދިން ބަޑީގެ ހަމަލާއެއްގައި، ފަލަސްތީނުގެ އަވަށެއް ކަމަށްވާ ސިލަތު އަލް ހަރިތިޔާނަމަކަށް ކިޔާ އަވަށެއްގައި އާދީއްތަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މަންޒަރު ދުށް މީހުން ބުނީ ގެ ތަޅާލުމުގެ މަސައްކަތް ކުރުމަށް ސިފައިން އައުމާއެކު ސިފައިންނާއި ފަލަސްތީނުގެ ހަތިޔާރުއެޅި މީހުން ވަނީ ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމަލާދިން މީހާ ދިރިއުޅެމުންދިޔަ ގެ ހަލާކުކޮށްލާނެ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ފަލަސްތީނުގެ އެތައްސަތޭކަ ބަޔަކު، ސިފައިންނާ ދިމާއަށް ގަލާއި ޕެޓްރޯލް ބޮން އުކާފައިވާ ކަމަށާއި، އެމީހުން ރައްދުގައި “ރަޔަޓް ޑިސްޕާސްމަންޓް އިކުއިޕްމަންޓްސް ބޭނުން ކުރި ކަމަށެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ފަލަސްތީނުގެ އެކަކު ޝަހީދުވެ، 10 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިޒްރޭލުން ބުނަނީ ހަމަލާދިން މީހުންގެ ގެތަކުގައި ހިންގި ތަޅާފޮޅުންތަކުގެ ސަބަބުން މުސްތަގުބަލުގައި ދޭ ހަމަލާތައް ހުއްޓުވުމަށް އެހީތެރިވެވިދާނެ ކަމަށެވެ.
ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ މި ފިޔަވަޅު ކުށްވެރިކޮށް، ގިނަ ފަހަރަށް އާއިލާގެ އެހެން މެމްބަރުން ވެސް ދިރިއުޅޭ ގެތަކަށް އަމާޒުކޮށް، ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ގޮތުގައި ސިފަކޮށްފަ އެވެ.



