ޚަބަރު

ކުރިއަށް އޮތް ރޯދަ މަހު މާލެ ސިޓީ ކައުންސިލުން ވޮލީ މުބާރާތެއް ބާއްވަން ނިންމައިފި

ކުރިއަށް އޮތް ރޯދަ މަހު ބޮޑެތި އިނާމު ތަކާއެކު މާލެ ސިޓީ ކައުންސިލުން ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލައިފައެެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދެ ޖިންސްގެ މީހުންނަށް “މާލެ ސިޓީ ކައުންސިލްގެ ޕާކް ވޮލީބޯޅަ މުބާރާތް 2022” ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކަށް މި މަހުގެ 27 އާ ހަމައަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިކުރާނީ ކޮމިޝަނާ އޮފް ސްޕޯޓް ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކާއި ޖަމްއިއްޔާތައް ކަމަށެވެ.

މުބާރާތުގައި ދެ ޖިންސް ވަކިން 1 ވަނަ 2 ވަނަ 3 ވަނަ 4 ވަނަ އަދި 5 ވަނަ ޓީމް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ އެއް ވަނަ ޓީމަށް 45،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް، ދެވަނަ ޓީމަށް 25،000ރ. އާއި ސެޓްފިކެޓް، ތިން ވަނަ ޓީމަށް 15،000ރ. އާއި ސެޓްފިކެޓް، ހަތަރު ވަނަ ޓީމަށް 10،000ރ. އާއި ސެޓްފިކެޓް އަދި ފަސް ވަނަ ޓީމް 5،000ރ. އާއި ސެޓްފިކެޓެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ފައިސާގެ އިނާމުތަކާ އެކު ރޯދަ މަހު ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ވެސް ބާއްވަން ނިންމައިފައެވެ.
.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close