ޚަބަރު

ވެމްކޯގެ އެމްޑީކަމުން އާދަމް ވަކިކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މަގާމުގައި ހުރި ރޯޝަނީވިލާ/އއ.ބޮޑުފޮޅުދޫ، އާދަމް މުހައްމަދު އެ މަގާމުން ވަކިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމްޑީ ‏މަގާމަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ވެމްކޯގެ އެމްޑީ މަގާމުގައި ހުންނެވި އާދަމް މުހައްމަދު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އަދި ކުރިން މޯލްޑިވްސް ޕޯސްޓްގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަފީގް، އިކްލީލުގެ/ހއ.ދިއްދޫ، އެމަގާމުން ވަކިކޮށް، އެކުންފުނީގެ ބޯޑު މެމްބަރު އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް މުހައްމަދު އައްޔަންކޮށްފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެހެންނަމަވެސް މަގާމު ބަދަލުކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުގުނީ ވަކިކޮށް، އެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަނުކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close