ޚަބަރު

ރޯދަމަހު މާލެ ސަރަހައްދުން ކުނި އުކާލާ ގަޑިތައް އާއްމުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހާއި ހަ ރޯދަ ނިމެންދެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކާލާނެ ގަޑިތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ އިޢުލާނުކޮށްފިއެވެ.

ވެމްކޯއިން ބުނިގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އާ ތާވަލުގެ ދަށުން، މާލޭގެ ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 20:30 އިން ފެށިގެން މެންދަމު 2:00 އަށެވެ.

ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން ފެށިގެން މެންދަމު 2:30 އަށެވެ. އަދި ވިލިމާލޭގައި ކުނި ނަގާނީ ރޭގަނޑު 21:00 އިން މެންދަމު 1:00 އަށެވެ. ވެމްކޯއިން ބުނީ ކުނި ނަގަން ފަށާ ވަގުތުގެ ކުރިން ކުނި ކޮތަޅުތައް ނެރެފައި ބެހެއްޓުމަކީ ހިދުމަތް އަވަސްކުރުމަށް ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމަށެވެ.

މީގެ އިތުރުން، ރޯދަމަހާ ދިމާކޮށް ގޭތެރެ ސާފުކުރުމަށްފަހު އުފެދޭ ކުނި މަގުމައްޗަށް ނޭޅުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުނި ނައްތާލުމުގައި ކުނި މެނޭޖްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި، ކުންފުނިން ކަނޑައަޅާފައިވާ ވަގުތުތަކަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން އެދިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close