ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު މޯލްޓާއަށް ފުރާވަޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރަޢީސް، މުޙައްމަދު ނަޝީދު މޯލްޓާއަށް ފުރާވަޑައިގަންނަވައިފި އެވެ.

ރައީސް ނަޝީދު މޯލްޓާއަށް ކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ މަޖިލީހަށް ލިބުނު ދައުވަތަކަށް، ވޯލްޑް ފޯރަމް ފޮރ ކަލްޗަރ އެންޑް ޕީސް، އަބްދުލްއަޒީޒް ސައުދު އަލްބަޓައިން ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުގައި ރައީސް ނަޝީދުގެ އަރިހުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ބައިވެރިވެވަޑައިގަންނަވައެވެ.

ވޯލްޑް ފޯރަމް ފޮރ ކަލްޗަރ އެންޑް ޕީސްގެ 2 ވަނަ އެޑިޝަން މޯލްޓާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޓާގެ ރައީސް ޖޯޖް ވެލާގެ ބެެއްލެވުމުގެ ދަށުން މިމަހުގެ 3 އަދި 4 ގައެވެ. ”ލީޑަރޝިޕް ފޮރ ޖަސްޓް ޕީސް“ ގެ ނަމުގައި ބާއްވާ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އިންސްޓިޓިއުޝަނަލް މެކޭނިޒަމްތަކާއި، ތަޢުލީމީ ޕްރޮގްރާމްތަކާއި، އެކްޝަން ޕްލޭންތައް ދިރާސާކޮށް، އެ ޕްލޭންތައް އެކަށައެޅުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close