ބޭރުދުނިޔެ

ޔޫކްރެއިންގެ އިންގިލާބާ ގުޅިގެން ޖަޕާނުންވެސް ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

މޮސްކޯއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ޖަޕާނުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯ އާދީއްތަ ދުވަހު އިޢްލާން ކުރައްވައިފިއެވެ.

ޖަޕާނުން ޕޫޓިންއާއި ސަރުކާރުގެ އޮފިޝަލުންގެ މާލީ އެސެޓްތައް ފްރީޒްކުރާނެ ކަމަށާއި، ސްވިފްޓް އިންޓަނޭޝަނަލް ޕޭމަންޓް ނެޓްވޯކުން ރަޝިޔާގެ މައި ބޭންކުތައް ބްލޮކް ކުރުމުގައި ހުޅަނގުން ބައިވެރިވާނެ ކަމަށް ޖަޕާނުން ވަނީ މީގެ ކުރިން ވެސް ބުނެފައި ވެއެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭއާ ހަވާލާދީ ފުމިއޯ ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމަކީ ބާރުގެ ބޭނުންކޮށްގެން ހާލަތު ބަދަލުކޮށް ބައިނަލްއަގްވާމީ އަމުރުގެ ބިންގާ ގުޑުވާލުމަށް އެކަހެރިގޮތެއްގައި ކުރާ ކަމެއް ކަމަށެވެ.

“ޖަޕާނުން ޔޫކްރެއިންގެ ރައްޔިތުންނަށް އިމަޖެންސީ އިންސާނީ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ގެ އެހީ ދޭނެ، އޭގެ އިތުރުން މިހާރުވެސް ވައުދުވެފައިވާ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ޔެން ޑިނޯމިނޭޓެޑް ލޯނުގެ އިތުރުން،” ބޮޑުވަޒީރު އިތުރަށް ވިދާޅުވި އެވެ.

ޖަޕާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ ހަތަރުވަނައަށްވީ ދުވަހު، އެމެރިކާއާއި އީޔޫއިން މޮސްކޯއާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން އިޢްލާން ކުރިތާ ހަތަރުވަނައަށްވީ ދުވަހުއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލެޔެން އާދީއްތަ ދުވަހު ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ސަރަހައްދު ރަޝިޔާގެ މަތިންދާ ބޯޓްތަކަށް ބަންދުކޮށް، ޔޫކްރެއިންއަށް ކުރާ ތާއީދު އިތުރުކުރުމުގެ އިތުރުން، މޮސްކޯގެ އެކުވެރި ބެލަރޫސްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، އެ ބްލޮކްގައި ރަޝިޔާގެ ދައުލަތުގެ މީޑިއާ ތައް ވެސް މަނާކުރާނެ ކަމަށެވެ.

އެމެރިކާއިން ވަނީ ރަޝިއާގެ މައި ބޭންކުތައް ސްވިފްޓް އިން ކަނޑާލުމުގެ އިތުރުން، މަރުކަޒީ ބޭންކުގެ ބޭރު ފައިސާގެ ރިޒާވްގައި 630 ބިލިއަން ޑޮލަރު ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު ތަކެއް ވެސް އަޅާފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޝާރާތް ކުރެއްވީ ޕުޓިންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އަދިވެސް މޭޒުމަތީގައި އޮތް އިހްތިޔާރެއް ކަމަށާއި، އެ ކަންކަން ދިރާސާ ކުރާނީ ބިންމަތީގައި ހިނގަމުންދާ ކަންތައްތަކާ އެއްގޮތަށް ކަމަށެވެ.

ރަޝިޔާގެ ނިއުކްލިއަރ ބާރުތައް ހައި އެލާޓަށް ގެނައުމުގައި ޕޫޓިން އަމުރު ކުރެއްވީ، ރަޝިޔާއާ ދެކޮޅަށް ނޭޓޯއިން އަޅާފައިވާ “ހަރުކަށި [އަދި] ނާޖާއިޒު ދަތިކުރުމުގެ ފިޔަވަޅުތަކުގެ” ސަބަބުން ކަމަށް ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close