ޅެން

ހިތަށް ހަނާ ނާޅާށެވެ

ހިތަށް އަބަދުމެ ހަނާއަޅަމުން ކަލާތިކުރާ ކަމެއްބުނެދީ

               ހިތަށްއިތުރަށް ތުރާނުމެދީ އެދޭބޭނުން މަށަށްބުނެދީ

މަވެސްހަމަ ބޭނުމޭއެނގިލަން ވެގެންމިއުޅޭ ގޮތެއްރަނގަޅަށް

ގުޅުންހުރި ލިޔުންތައް

            އެވެސްގޮތެކޭ ހިތައިގެންއަދު އުޅެންދައްޗޭ މަށަށްބުނެދީ

ތިހެންއެކި ތަންތަނުން ފެނުމުން ނިތުންތިކުރާ އިޝާރާތުން

               މިހެންއުޅުމަށް ތުރާވާގޮތް ވަމުންދާތީ މަށަށްބުނެދީ

ކަމެއްކުރުމަށް އުޅޭއިރުގައި ނިޔަތްވެސް ސާފުވާން ޖެހުމުން

            ނަމެއްލިބި ކަންނުވުން ނޭދެން އެހެންވީމާ މަށަށްބުނެދީ

ގަހެއްގައިއިން މަލެއްފެނުމުން އެއަށްއެދިހުރެ ހަނާއެޅުމުން

            ލަހެއްނުވެ އަޑު އަރައިގެންދޭ އެހެންވީމާ މަށަށްބުނެދީ

ހިތަށްސިއްރެއް ނުކުރެވޭނޭ ހިތަށް ކެކުޅުން ލިބޭނަމައީ

             ހިތަށްއަނިޔާ ލިބޭގޮތަކަށް އުޅެންނޭދެން މަށަށްބުނެދީ

ހިތުގެހުރި ޙާލު ބުނެދީގެން ޝިފާހޯދަން އުޅެންވާތީ

             ހިތުން ތިކުރާ ސަމާސާގައި ހިތަށްވާގޮތް ތެދަށްބުނެދީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close