ބޭރުދުނިޔެ

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ ނޯޑް ސްޓްރީމް 2 ނިމުމަކަށް ގެންނާނަން: ބައިޑެން

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ ނޯޑް ސްޓްރީމް 2 ނިމުމަކަށް ގެންނާނެކަމަށް ބައިޑަން ވައުދުވެވަޑައިގެންފިއެވެ.

ޖަރުމަނުވިލާތުގެ އާ ލީޑަރާއެކު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ، ރަޝިޔާގެ ފައުޖުތައް ޔޫކްރެއިންއަށް އެތެރެވެއްޖެނަމަ ރަޝިޔާއިން ޖަރުމަނަށް ޕައިޕްލައިން އެޅުމުގެ މަސައްކަތް ( ނޯޑް ސްޓްރީމް 2 ) ބަންދުވެގެންދާނެ ކަމަށެވެ.

“ރަޝިޔާއިން ޙަމަލާދީފިނަމަ އޭގެ މާނައަކީ ޓޭންކްނުވަތަ ސިފައިން ހުރަސްކުރާ … އަނެއްކާވެސް ޔޫ ނޯޑް ސްޓްރީމް 2 އެއް ދެން ނެތް. އަޅުގަނޑުމެން އެކަން ނިމުމަކަށް ގެންނާނަން،” ބައިޑަން ވިދާޅުވި އެވެ. މި މަޝްރޫއު ޖަރުމަނުގެ ކޮންޓްރޯލްގައި އޮތުމުން، ދެން ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ “އަހަރެން ވައުދުވަން، އަހަރެމެންނަށް އެކަން ކުރެވޭނެ ކަމަށް” ކަމަށެވެ.

ޝޮލްޒް ވިދާޅުވީ ޔޫކްރެއިންއާއި ރަޝިޔާއާ މެދު ވެސް އަދި ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ވެސް އެމެރިކާ އާއި ޖަރުމަނުން ވެސް ގެންގުޅެނީ އެއް ވިސްނުމެއް ކަމަށާއި ނަމަވެސް ނޯޑް ސްޓްރީމް 2 ގެ ޕްލޭންތައް ސީދާ ކަށަވަރު ކޮށްނުދޭ ކަމަށާއި އަދި އޭނާގެ އެއް ދުވަހުގެ ދަތުރުފުޅުގެ ތެރޭގައި ޕައިޕްލައިންގެ ނަން ފާޅުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.

11 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅިގެން އެމެރިކާއާއި ޖަރުމަނުވިލާތް އެއް ސަފެއްގައި އޮތްތޯ ނުވަތަ ނޫންތޯ މިއީ މުހިންމު ސުވާލަކަށް ވެގެން ގޮސްފައިވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ދެކޮޅަށް ނޭޓޯގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ނޭޓޯގެ އެންމެ ބޮޑު ދެ ޑިމޮކްރެސީ އިސްވެ އޮތުމުންނެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި 100،000 އެއްހާ ސިފައިން ޖަމާކޮށްފަ އެވެ. ނަމަވެސް އެކަން ދޮގުކޮށް، އިންޒާރެއް ދޭން ރާވަމުންދާ ކަމަށް އެގައުމުން ވަނީ ތުހުމަތުކޮށްފަ އެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ދުވަސްތަކެއް ނުވަތަ ހަފުތާތަކެއްގެ ތެރޭގައި ހަމަލާއެއް ދީފާނެ އެވެ.

މި ކާރިސާގައި އެކަށީގެންވާ ލީޑާޝިޕެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝޮލްޒް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫކްރެއިން އަށް އަރައިގަނެފިނަމަ ރަޝިއާއިން ވަރަށް ބޮޑު އަގެއް ދައްކާނެ ކަމަށާއި ޖަރުމަނާއި އެމެރިކާއާ ދެމެދު ވެސް އޮތީ އެއް ވިސްނުމެއް ކަމަށެވެ.

އަޅުގަނޑުމެން އެއްބައިވަންތަވާނެ. އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރާނަން. އަދި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،” އިނގިރޭސި ބަހުން ޝޮލްޒް ބުންޏެވެ.

ޕައިޕްލައިން ހިނގަން ފެށުމުގެ ކުރިންވެސް ޖަރުމަނުވިލާތުން ރަޝިޔާގެ ގޭސް ބޭނުންކުރަނީ އެގައުމުގެ ދެބައިކުޅަ އެއްބައި ބޭނުންތައް ފުއްދުމުގެ ގޮތުންނެވެ. އޭގެ ސަބަބުން ނޯޑް ސްޓްރީމް 2 ޕައިޕްލައިންގެ އެޕްރޫވަލް މަދުވެގެން 2022 ވަނަ އަހަރުގެ ދެވަނަ ބައިގެ ނިޔަލަށް ލަސްވި ނަމަވެސް، ގާތްގަނޑަކަށް ނިމިފައިވާ މަޝްރޫއު ކެންސަލް ކުރަން ވަނީ ދެކޮޅު ހަދާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close