ޚަބަރު

ވޯޓްދޭންވީ ރާޑޯއަކަށްނޫން އެމްޑީޕީއަށް: އޮޕަރޭޝަން ހެޑް ޒާހިރު 


ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްދޭންވީ ރާޑޯއަށް ނޫންކަމަށާއި، އެކަމަކު އެއީ އެމްޑީޕީ ނުވަތަ ތިލަފަތަށް ދޭ ވޯޓެއްކަމުގައި ފެނަކަ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން ވިދާޅުވެއްޖެކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ޒާހިރު މިހެން ވިދާޅުވިކަމަށް ރިޕޯޓްތަކުގައި ބުނެފައިވަނީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ރޭ ދަންވަރު ކުރެއްވި ޓްވީޓަކާއި އެކު ލީކް ކޮށްލެއްވި އޯޑިއޯއެއްގައެވެ.

ޝިޔާމްވަނީ ފެނައިކައިގެ މުވައްޒިފުންނަށް ބިރުދައްކައި އިންޒާރުދޭ އޯޑިއޯއެއް ލީކު ކޮށްލާފައެވެ. މިއޯޑިއޯގައި ވާހަކަ ދައްކަނީ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން ކަމަށްވެއެވެ.

އޯޑިއޯއިން އިވޭ ގޮތުގައި ޒާހިރު އުސްމާން އަންގަވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ވޯޓު ދޭން ބޭނުން ނުވާ މުވައްޒަފުން ވަޒީފާގައި ދެމިހުންނަން ބޭނުންވާނަމަ، އެ މުވައްޒަފުންނަށް ދެން އޮންނާނެ އިޚްތިޔާރަކީ ވޯޓު ލާން ނުދިއުން ކަމަށެވެ.

ވަޒީފާއިން ކަނޑަން އަހަރުމެންގެ ވިސްނުމެއްނެތް. އެކަމަކު މިކަމަކު އަހަރެމެންގެ ބަސް ނާހަ މީހުންނަކަށް އަހަރެމެންގެވެސް ނޯންނާނެ އެހީތެރިކަމެއް. ރާޑޯއަކަށް ނޫން މިވޯޓު ހޯދަނީ. މިވޯޓު ހޯދަނީ ތިލަފަތަށް. އެއްގތަކީ ރާޑޯއަށް ލާން ބޭނުން ނުވާނަމަ ވޯޓު ނުލާވެސް ހެދޭނެ ގޮތްގޮތް އޮންނާނެ. އެމީހަކު ވޯޓުލާން ނުދާނީ. މިބުނީ އޮޕްޝަންތަކެކޭ މިދިނީ.

– ޒާހިރު އުޘްމާން ވިދާޅުވިއެވެ.

މިއިންތިޚާބާއި ދިމާކޮށް ފެނައިގެ މުވައްޒިފުންނަށް ބިރުޔ ދައްކާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ދަނީ އިވެމުންނެވެ. ނަމަވެސް މިމައްސަލަ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން ބަލާފައި ނުވެއެވެ. މިމައްސަލަ މިހާރު އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަން ކޮމިޝަނަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށްވެސް ހުށަހަޅާފައެވެ.

ކޮމަންޑޫ ދާއިރާގެ ވޯޓުލުން މިއަދު ކުރިއަށްދާއިރުވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ގިނަ މަސައްކަތޔްތަކެއް ކުރާކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އިންތިޚާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް އިލެކްޝަނަށް ހުށަހެޅަމުންދާއިރު މިހާތަނަށް އަދި މިމައްސަލަތަކުގެ މާބޮޑު އަޕްޑޭޓެއް އިލެކްޝަނުން ހާމަކޮށްފައި ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close