ހޫތީންގެ ހަމަލާތައް ހުއްޓުވަން ތައްޔާރަށް އޮތް ކަމަށް “ޖަޔަންޓްސް ބްރިގޭޑްސް” އިން ބުނެފި
އީރާނުން ވާގިވެރިވާ ހޫތީންގެ ހަމަލާތައް ހުއްޓުވަން ތައްޔާރަށް އޮތް ކަމަށް ޔަމަނުގެ ވަރުގަދަ ހަނގުރާމަވެރި ޖަމާޢަތެއްކަމުގައިވާ ޖަޔަންޓްސް ބްރިގޭޑްސް އިން ބުނެފިއެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ގެ ލަޝްކަރުތައް ފަހަތަށް ޖެހުމަށްފަހު ދިފާއީ ފިޔަވަޅުތަކުގެ ދަށުން ޔަމަނުގެ މުހިންމު ހަނގުރާމަވެރި ސަރަހައްދުތަކުގެ ކުރީ ސަފުގައި އެޖަމާއަތުގެ ބައެއް ހަނގުރާމަވެރިން އަދިވެސް ތިބި ކަމަށް ޖަޔަންޓްސް ބްރިގޭޑްސް ފޯސަސް އިން ވަނީ ބުނެފަ އެވެ.
ޔޫއޭއީގެ ތާއީދާއެކު ހަރަކާތްތެރިވާ ޖަޔަންޓްސް ބްރިގޭޑްސް އިން ހުކުރު ދުވަހު ބުނީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޝަބްވާ ޕްރޮވިންސުން ހޫތީން ފަހަތަށް ޖައްސައި، ސްޓްރެޓީޖިކް ގޮތުން މުހިންމު ސިޓީއެއް ކަމަށްވާ މަރިބްއާ ދިމާއަށް އުތުރުން ހަމަލާ ދިނުން ހުއްޓާލުމަށް ފަހު، އެ ގައުމުގެ ފައުޖުތައް އަލުން އާބާދު ކުރަން ފަށާފައިވާ ކަމަށެވެ.
ކުއްލި ގޮތަކަށް މިކަން އިޢްލާން ކުރީ، އީރާނުން ވާގިވެރިވާ މިލިޓަރީން ޔޫއޭއީއަށް ދިން ޑްރޯން އަދި މިސައިލް ދެ ހަމަލާއަށް ފަހު، އޭގެ ތެރެއިން ފުރަތަމަ ހަމަލާގައި އެމިރޭޓްސްގެ ތިން ރައްޔިތަކު މަރުވުމާ ގުޅިގެންނެވެ.
އަރަބި ކޯލިޝަނަށް ބިން ގެއްލިފައިވާތީ، ހޫތީން ވަނީ މިފަދަ އޮޕަރޭޝަންތައް ހުއްޓާނުލާހާ ހިނދަކު ޔޫއޭއީއަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޖަޔަންޓްސް ބްރިގޭޑްސްގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ، ޝަބްވާ ޑިސްޓްރިކްޓް މިނިވަންކޮށް، އެ ޑިސްޓްރިކްޓް އަމާން ކުރުމުގައި ސިފައިން އެމީހުންގެ މިޝަން ފުރިހަމަކޮށް، މަރިބްގެ ދެކުނުން އޮންނަ ހަރިބް ޑިސްޓްރިކްޓުން ހޫތީން ބޭރުކޮށްލެވުނު ކަމަށެވެ.
އަލުން ބަދަލުކުރި ފޯސް އަކީ ކުރީ ސަފުތަކުން ނުނިކުމެ، ހޫތީންގެ އެއްވެސް އަސްކަރީ ހަމަލާއެއް ރައްދު ކުރުމަށް ދިފާއީ ފިޔަވަޅުތައް އަޅަން ފެށި ފޯސްއެކެވެ.
“މަރިބް (ޕްރޮވިންސް) ގައި މިހާތަނަށް މިނިވަން ނުކުރެވި ހުރި އެއްޗެހި ވަނީ އެތައް ހާސް ސިފައިންނެއް ތިބި ސަރުކާރަށް ދޫކޮށްލެވިފައި، އަދި އެއީ މަރިބްގެ ކިބައިން ހޫތީން ބޭރުކުރުން.
އީރާނުގެ މަދަދު ލިބޭ މިލިޓަރީތަކާއި ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން މަރިބް ސިޓީގެ ދެކުނު، އުތުރާއި ހުޅަނގުގައި އެތައް މަހެއް ވަންދެން ހަނގުރާމަކުރަމުން ދަނީ ސަރުކާރުގެ އެންމެ ފަހުގެ އުތުރުގެ ހިފެހެއްޓުން ކަމުގައިވާ މަރިބް ސިޓީގެ އިރުމައްޗާއި ހުޅަނގުގައެވެ.
އަރަބި ކޯލިޝަންގެ ބައެއްގެ ގޮތުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަޔަންޓްސް ބްރިގޭޑްސް އިން ވަނީ ޝަބްވާއަށް ބަދަލުވުމަށް ފަހު ހޫތީންގެ ކެމްޕޭނަށް ބޮޑު ގެއްލުމެއް ކުރިމަތިކޮށްފައެވެ.
ޝަބްވާގައި އެމީހުން ބަލިކުރުމަށްފަހު ހޫތީން ވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އަބޫދާބީއަށް ނުރައްކާތެރި ޙަމަލާއެއް ދިނުމުގެ ކުރިން ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ޔޫއޭއީގެ ދިދަ ޖަހާފައިވާ އުޅަނދެއް ހިފަހައްޓާފައެވެ. އޭގެ ހަފްތާއެއް ފަހުން ދެވަނަ ހަމަލާއެއް ވެސް ވަނީ ދީފަ އެވެ.
އެމިރޭޓްސްގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ހޫތީންގެ ހަމަލާތައް ޔޫއޭއީއަށް “ނިއު ނޯމަލް” އަކަށް ނުދާނެ ކަމަށާއި ވަރުގަދަ ދިފާއަކަށް ވައުދުވާ ކަމަށެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ، މިއީ ޔޫއޭއީއަށް ނިއު ނޯމަލްއަކަށް ވާނެ ކަމެއް ނޫން ކަމަށެވެ.
ޔޫއޭއީއަކީ ދުނިޔޭގެ ފެންވަރުގެ ދިފާއީ ގާބިލްކަން ހުރި އަދި އެ ގާބިލްކަން އަޕްޑޭޓް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ގައުމެކެވެ.”
2014 ވަނަ އަހަރު ފެށުނު ޔަމަނުގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ކާރިސާގެ ތުންފަތް މައްޗަށް ގޮސްފައިވާކަމަށް އދއިން ބުނެއެވެ.


