ޚަބަރު

މި އަހަރުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށޭވަރުވާނެ: އާޒިމް

މާލޭގައި މިނީ ބަހުގެ ޚިދުމަތް މި އަހަރުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަަކަފުޅުގައެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް މާލެއަށް މިނީ ބަސް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވީ، މިކަން ނުކުރެވި އޮތީ ބަޖެޓް ނުލިބުމުގެ ސަބަބުން ކަމަށެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ މިނީ ބަހުގެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން މިމަސްތެރޭ މިވަނީ ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވއިެވެ.

އާޒިމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި މިނީ ބަހުގެ ޚިދަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް ސީދާ ފެށޭނެ ދުވަހެއް އެނގޭނީ ކޮންޓްރެކްޓް ހަދާ ދުވަހަކުން ކަމަށް އާޒިމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ކޮންޓްރެކްޓަކަށް ނުވަދެވޭ. މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްއެއް ހެދިފައިވަނީ. އަޅުގަނޑުމެން ޤަބޫލު ކުރަނީ، އަޅުގަނޑުމެން ކޮންޓްރެކްޓް ތެރެއަށް ވަދެވިގެން މި އަހަރު ތެރޭގައި މިނީ ބަސް ދުއްވޭނެ ހިސާބަށް އާދެވޭނެ ކަމަށް، އަޅުގަނޑަށް ޤަބޫލު ކުރެވޭނީ. ކޮންޓްރެކްޓް ތެރެއަށް ވަދެވުނީމަ ސީދާ ބުނަން ކެރޭނީ ސީދާ އެކްޒެޓްލީ ކޮން ޑޭޓެއްގައިކަން. އަޅުގަނޑަކީ ވަރަށާ ބޮޑަށް ކަންތައްތައް ރާވައިގެން ތަރުތީބުކޮށްގެން މަސައްކަތް ކުރާ މީހެއް. އަޅުގަނޑުގެ ކޮންޓްރޯލަށް މިކަން އަންނާނީ ކޮންޓްރެކްޓްގައި ސޮއި ކުރާ ހިސާބުން” އާޒިމް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close