ޚަބަރު

ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫ އަށް


ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫ އަށް އެމްއެމްއޭ އިން ދީފި އެވެ.

އެމްއެމްއޭ އިން ބުނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ޕޭމަންޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، މި ދެ ކުންފުނިންވެސް ޕޭމަންޓް ޚިދުމަތް ދެމުންގެންދާނީ މި ލައިސަންސްގެ ދަށުން ކަމުގައި ވާތީ، ކުރިން އުރީދޫ އާއި ދިރާގަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށެވެ.

މި ލައިސަންސްގެ ދަށުން އުރީދޫ އިން އަލަށް ތައާރަފް ކުރުމަށް ނިންމާފައިވާ ރެމިޓަންސް ޚިދުމަތަކީ، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައި ވެސް، ޤައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close