ކުރިއަށް އޮތް 10 އަހަރު އެމް.ޑީ.ޕީ އަށް އަދި ވެރިކަން ބޭނުންވާނެ – ރައީސް ނަޝީދު
ރައްޔިތުންގެ އެދޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށާއި ރައްޔިތުންނަކީ ފުދުންތެރި އަދި ރައްޔިތުން އެދޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށާއި އެމް.ޑީ.ޕީގެ ތަޞައްވުރު ފުރިހަމަވެ ރައްޔިތުންނާއި ހަމައަށް ފޯރަން ކުރިއަށް އޮތް 10 އަހަރު އެމް.ޑީ.ޕީ އަށް ރާއްޖޭގެ ވެރިކަން ބޭނުންވާނެކަމަށް ކުރީގެ ރައީސުލް ޖުމްޙޫރިއްޔާ އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމް.ޑީ.ޕީ ކެނޑިޑޭޓަށް ތާޢިދު އިތުރު ކުރުމުގެ ގޮތުން ރޭ ށ.ފޯކައިދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފައްޓަވާފައިވާ ގިނަކަންކަމުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ ވާހަކައާއި އާސަންދައިގެ ވާހަކައިގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ވާހަކަވެސްވަނީ ދައްކަވާފައެވެ.
އަޅުގަނޑުމެން މިއަދު މިތަނަށް އައިސް މިތިބީ ވަރަށް މުހިއްމު ބޭނުމެއްގައި ކަމަށާއި އެކަން ތިޔަ ރައްޔިތުން ކޮށްދެއްވަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވިގެން ދިޔައީ ރައީސް ޞާލިޙުގެ މި ވެރިކަމުގައިކަމަށާއި އެކަމުން ށ.ފޯކައިދޫގެ އެތައް ބަޔަކަށް މަންފާ ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ފޯކައިދޫގެ 54 މީހުން މަތީ ތަޢުލީމް ޙާޞިލުކުރަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރޭ ކުރިޔަށްދިޔަ ޖަލްސާގައި އެމް.ޑީ.ޕީގެ އިސްސަފުގައި ތިއްބެވި އެތައް ބަޔަކުވަނީ ބައިވެރިވެފައެވެ.


Ey.
Adhives thi boegen ulhey ehchiheega alaa nukendey dho.
Dhen kuriyah oih 5 aharu verikan kuran hithah ves naaruvan meegen fahun handhaan kuraathi.
Adhi thi partyah heveh beynumihya party in vakiven gos ………… otheema faharuga eyrun hani furusatheh oveydhaane.