މޫނު ބުރުގާ: ކިޔައިދޭ އެއްޗެއް ނޭންގިގެން، ޝަޢުޤުވެރިކަން ނައިސްގެން ޝަކުވާ ކުރީ ކާކު؟
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެއްވަން އުޅުއްވާ މުދައްރިސުންގެ ތެރެއިން، މޫނު ބުރުގާ އެޅި އުޚުތުން ކުލާހަށްވެންނެވުމަށްފަހު، އެކުލާހުގައި ކިޔަވައިދެއްވާ އެއްޗެއް ނޭންގިގެން، ނުވަތަ އެ އުޚުތެއްގެ މޫނު ނުފެނިގެން ފިލާވަޅަށް ދަރިވަރުގެ ޝަޢުޤުވެރިކަން ނައިސްގެން ޝަކުވާ އަދިއަދަށް ދާންދެންވެސް ޝަކުވާ ކޮށްފައިވަނީ ކޮން ދަރިވަރެއްތޯއެވެ؟ ނުވަތަ ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން ކޮން ބެލެނިވެރިއެއްތޯއެވެ؟ ނުވަތަ މުދައްރިސްގެ މައްޗަށް ހުންނަވާ ލީޑިންގ ޓީޗަރުންގެ ތެރެއިން ކޮން ލީޑިންގ ޓީޗަރެއްތޯއެވެ؟ ނުވަތަ ލީޑިންގ ޓީޗަރުގެވެސް މައްޗަށް ހުންނަވާ ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ތެރެއިން ކޮން ޕްރިންސިޕަލެއްތޯއެވެ.
މީގެން ދުވަހަކުވެސް މިވެނި އެވެނި މުދައްރިސަކު މޫނު އަޅާފައި ހުންނާތީ އެމުދައްރިސަކު ކުލާހުގައި ނަންގަވައިދެއްވާ ފިލާވަޅުތަކަށް ޝަޢުޤުވެރިކަން ނައިސްގެން އެއް ދަރިވަރަކު އަނެއް ދަރިވަރެއް ކައިރީ ދައްކާލި އަޑުއެހި މީހަކުވެސް ނެތެވެ. އަދި ދަރިވަރު ބެލެނިވެރިއެއްކައިރީ ދައްކާލި އަޑުއެހި މީހަކުވެސް ނެތެވެ. ބެލެނިވެރިޔަކު އޭނާގެ ދަރިޔަކު އެފަދަ ވާހަކައެއް ދައްކައިގެން ރިޕޯރޓެއް ލިބުނު ލީޑިންގ ޓީޗަރެއްވެސް ނެތެވެ. އަދި ލީޑިންގ ޓީޗަރަކު އެފަދަ ކަމެއް ރިޕޯރޓުކުރި ޕްރިންސިޕަލަކުވެސް ނެތެވެ.
ކޮންމެ ކަމެއް ހިނގިޔަސް އަދި ނުހިނގިޔަސް ޝޯޝަލް މީޑިޔާތަކަށް އަރުވަމުންދާ މިފަދަ ޒަމާނެއްގައި މީގެން ދުވަހަކުވެސް އެފަދަ ޕޯސްޓެއްވެސް ޢާންމުވެ ހާމަވެފައެއް ނުވެއެވެ.
ދަންނަވަންތޯއެވެ. މޫނު ބުރުގާ އަޅައިގެން ފިލާވަޅު ނަގައިދޭތީވެ، އެ ފިލާވަޅުން ދަރިވަރުންނަށް ޝަޢުޤުވެރިކަން ނައިސްގެން އެއްޗެކޭ ބުނި ސްކޫލެއް ނެތެވެ. އަދި އެފަދަ ކަމެއް ހިނގައިގެން އެޑިއުކޭޝަނަށް އެއްވެސް ސްކޫލަކުން ރިޕޯރޓެއްކޮށްފައިވާކަންވެސް މިވީހާ ދުވަހަކުވެސް އެނގޭކަށްވެސް ނެތެވެ. އަދި އެފަދަ ވާހަކައެއް އެޑިއުކޭޝަނުން ހާމަކޮށްފައިވެސް ނުވެއެވެ.
މިދައްކަނީ ވަކި މިސަރުކާރުގެ ވާހަކައެއް ނޫނެވެ. ވޭތުވެދިޔަ ސަރުކާރުގައިވެސް މޫނު އަޅައިގެން މުދައްރިސުންގެ ގޮތުގައި ތިއްބެވި އުޚުތުންވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މިފަހަރު އެކަމުގެ ބަހަނާއަކަށް ނެގިކަމަކީ ޓީޗަރުގެ މޫނު ނުފެންނާތީވެ، ދަރިވަރުންނަށް ޝަޢުޤުވެރިކަން ނާންނަ ވާހަކައެވެ. ހަމަ އެންމެ ރަނގަޅެވެ. މިހާރުގެ ޙާލަތައް ބަލަމާ ހިނގާށެވެ.
މިހާރު އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއްނެތެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައިހެން ޓީޗަރުން އެތިއްބަވަނީ މާސްކު އަޅުއްވައިގެންނެވެ. މޫނެއް ނުފެނެއެވެ. ޗާލު ހިނިތުންވެސް ނުފެނެއެވެ. އެގޮތަށް އުނގަންނައިދެއްވާތާ 2 އަހަރެއްވަރުވާން ކައިރިވީއެވެ. އެހެންވީމާ، މާސްކު އަޅުއްވައިގެން މިއޮއްހާ ދުވަހު ޓީޗަރުން އެކުރެއްވި ބުރަ މަސައްކަތް އެވަނީ “ފޫނެއް ފަޔަށް ފެންފުރުންފަދަ” ކަމަކަށް ނޫންތޯއެވެ. އެފިލާވަޅުތައް އަލުން މާސްކު ނަންގަވައިގެން ދަރިވަރުންނަށް ނަންގަވައިދެއްވަން އަންގަވަންވީ ނޫންތޯއެވެ.
އާއެކެވެ. އަސްލު މައްސަލައަކީ ދަރިވަރުންނަށް ޝަޢުޤުވެރިކަން ނައިސްގެން އުޅެނީކީ ނޫނެވެ. ހަމަ އަސްލު މައްސަލައަކީ އެބޭފުޅުން ރުހޭހާގޮތަކަށް އުޚުތުން ހެނދުން ނޭޅުމެވެ. ބޭނުންވަނީ އެއީ ކަޓުކަމެއްކަން އެހެން މީހުންނަށް ދައްކައިދީ ވިސްނައިދީ، އަދި އެވަރުން ނުވެގެން އެގޮތަށް އުޅުނީމާ ކަންކަމުން ބޭކާރުވެ އެކަހެރިވެގެންދާނެކަމަށް އެހެން މީހުންނަށް ދައްކައިދީ، ވިސްނައިދީ އިސްލާމީ ރިވެތި އަޚްލާޤުން އުޚުތުން ދުރުކުރުވުމެވެ.



އިސްލާމްދީނުގެ މަތިވެރި އެއްވެސް ޝިއާރެއް ދަށްކޮށްލައި އެ ނެތިކޮށްލަން މަސައްކަތް ކުރާ އެއްވެސް ބަޔަކަށް އަދި އެއްވެސް މީހަކަށް ކާމިޔާބެއް ނެތް . އެކަމުގެ ސީދާ ސާފު ހެކި މިއަދު އެމްޑީޕީ އިން އެ ފެންނަނީ .. ދަރިންނޭ ހޭއަރާށެވެ.
Khudh alhugandakee ves NIQAB alhaagen kiyavaadhey meeheh. 3 yrs ge kudhinnah ves eki umuruge kudhinnah ves kiyavaadhen. Evves Kujjaku ves parenteh ves neh dhuvahaku ves shakuwa koffaeh.