ޚަބަރު

އެސް.ޓީ.އޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފިއެވެ.

އެކަން ހާމަކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށެވެ.

އެހެންކަމުން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަރަށް ބޮޑުވެފައިވާ ކަމަށް އެސް.ޓީ.އޯ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތައް ބޮޑުވާނެ ކަމަށާއި ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.06 ރ. އަށް އަދި ޑީސަލް ލީޓަރެއް 12.44 ރ. އަށެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި މި ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close