ވިޔަފާރި ޓިކްޓޮކް ކުންފުނީގެ އިންވެސްޓްމަންޓް ޑިޕާޓްމެންޓްގެ މުވައްޒަފުންތައް ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓްތަކަށް ބަހާލައިފި

ޓިކްޓޮކް ކުންފުނީގެ އިންވެސްޓްމަންޓް ޑިޕާޓްމެންޓްގެ މުވައްޒަފުންތައް ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓްތަކަށް ބަހާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބެއިޖިން (ޖެނުއަރީ 19) – ޓިކްޓޮކްގެ ބާނީ ބައިޓްޑާންސް އިން އެ ކުންފުނީގެ އިންވެސްޓްމަންޓް ޑިޕާޓްމަންޓް ރޫޅާލާފައިވާ ކަމަށް އެ ކުންފުނީގެ ތަރުޖަމާނަކު ބުދަ ދުވަހު ބުނެފިކަމަށް ސީއެންބީސީ އިން ރިޕޯޓްކޮށްފި އެވެ.

އަހަރު ފެށުނު އިރު ކުރެވުނު އެސެސްމަންޓަކަށް ފަހު ބައިޓްޑާންސް އިން ނިންމީ “ވިޔަފާރީގެ ފޯކަސް ވަރުގަދަކޮށް، ލޯ ކަނެކްޝަން (މައި ވިޔަފާރިއަށް) އިންވެސްޓްމަންޓް ތައް މަދުކޮށް، ސްޓްރެޓީޖިކް އިންވެސްޓްމަންޓް ޑިޕާޓްމެންޓުން މުވައްޒަފުން ވިޔަފާރީގެ އެކި ލައިންތަކަށް ބަހާލުމަށެވެ،” ސީއެންބީސީއިން ތަރުޖަމާކުރި ޗައިނާ ބަހުން ނެރުނު ބަޔާނެއްގައި ތަރުޖަމާނު ވިދާޅުވި އެވެ.

މި ފިޔަވަޅުގެ ސަބަބުން “ސްޓްރެޓީޖިކް ރިސާޗް އާއި ވިޔަފާރިއާ ދެމެދު އޮންނަ ކޯޑިނޭޝަން ވަރުގަދަވެގެން ދޭ،” ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފިޔަވަޅުގެ ސަބަބުން “ސްޓްރެޓީޖިކް ރިސާޗް އާއި ވިޔަފާރިއާ ދެމެދު އޮންނަ ކޯޑިނޭޝަން ވަރުގަދަވެގެން ދޭ،” ކަމަށް އެ ކުންފުނިން ބުންޏެވެ.

ބައިޓްޑާންސްގެ ފައުންޑަރު ޒޭންގް ޔިމިންގް ޗެއާމަންކަމުން ވަކިވެވަޑައިގެންނެވި ފަހުން ބައިޓްޑާންސް ރީސްޓްރަކްޗާ ކުރަމުންދާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ.

އެގޮތުން ގޭމިން އިން ފެށިގެން އެންޓަޕްރައިޒް ސޮފްޓްވެއާއާ ހަމައަށް ތަފާތު ދާއިރާތަކަށް ފޯކަސް ކުރުމަށް އެ ކުންފުނިން ވަނީ ހަ ބިޒްނަސް ޔުނިޓް އުފައްދާފަ އެވެ.

ސީބީ އިންސައިޓްސް އިން ބުނާ ގޮތުގައި އާންމުކޮށް ވިޔަފާރި ނުކުރާ ބައިޓްޑާންސް އަކީ ދުނިޔޭގެ އެންމެ ބޮޑު ސްޓާޓް-އަޕް 140 ބިލިއަން ޑޮލަރުގެ އަގުހުރި ސްޓާޓްއަޕް އެވެ.

ޓެގް

ޓިކްޓޮކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.