ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނި “އެޕަލް ކުންފުނީ”ގެ މުވައްޒަފުންގެ މުސާރަ އެނގޭތަ؟
އަދިވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކީ އެޕަލް ކަމަށްވާއިރު، މި ކާމިޔާބީގެ ކްރެޑިޓް އެންމެ ބޮޑަށް ލިބެނީ އައިފޯން، މެކް، އަދި މިނޫންވެސް އެކުންފުނީގެ ފްލެގްޝިޕްތައް ޑިޒައިންކޮށް އިންޖިނިއަރުން ގެ ޕޫލް އޮފް ޓެލެންޓްގެ ޕޫލަށް ކަމަށް ވެއެވެ.
އެޕަލްގެ އުފެއްދުންތަކާއި ހިދުމަތްތައް އެކުންފުނީގެ އެކި ޑިޕާޓްމެންޓްތަކަށް ބަހާލެވިފައިވާއިރު، އެންމެ ރަނގަޅު އުފެއްދުމެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ޑިޕާޓް މަންޓަކަށް އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓެއް އަބަދުވެސްދަނީ ކުރަމުންނެވެ. އެއީ ކިހާ މިންވަރެއް ކަމެއް ނުވަތަ އެކަމާ ބެހޭ މަޢުލޫމާތުތަކަކީ ވަރަށް އިންޓަރެސްޓިން މައުލޫމާތު ތަކެކެވެ.
ޢާއްމު ގޮތެއްގައި ކުންފުނީގެ މުވައްޒަފުންނަށް، ހާއްސަކޮށް އިންޖިނިއަރުންނަށް ކުންފުނިން ދޭ މުސާރައާއި އިނާޔަތްތަކާ މެދުވެސް އެނގެން ބޭނުންވާ ގިނަ މަޢުލޫމާތު ތަކެއް ހުރެދާނެ އެވެ. ބިޒްނަސް އިންސައިޑަރގެ އާ ރިޕޯޓެއްގައި، އެފަދަ ބައެއް މައުލޫމާތުތައް މިވަނީ ޝާއިޢު ކޮށްފައެވެ.
ޕަބްލިކޭޝަންގެ ދިރާސާގައި ސްޓޮކް ގްރާންޓްގެ އަގު ނުހިމެނޭތީ، ބައެއް ލިމިޓޭޝަންތައް އެބަހުއްޓެވެ. އެހެންކަމުން އެރިޕޯޓްގައި ވަނީ ރަފް އައިޑިއާއެކެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެޕަލް ހިމެނޭ ގޮތަށް އެމެރިކާގެ ކުންފުނިތަކުން ޓްރާންސްޕޭރެންސީއަށް ވިސާ އަށް އެދި ހުށަހަޅާއިރު، ބޭރުން މަސައްކަތްތެރިންނަށް ދޭ ފައިސާ ހާމަކުރަން ޖެހޭނެ އެވެ.
މި ޕަބްލިކޭޝަންގެ ސަބަބުން 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޔޫއެސް އޮފީސް އޮފް ފޮރިން ލޭބަރ ސެޓިފިކޭޝަންއަށް ހުށަހަޅާފައިވާ މައުލޫމާތު އެއްކުރެވުނު ކަމަށް އެ އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ކެލިފޯނިއާ، ޓެކްސަސް އަދި ވޮޝިންޓަންގައި ދިރިއުޅޭ ހާހެއްހާ މުވައްޒަފުންގެ މުސާރަ އާއި އެހެން ގައުމުތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ރިޕޯޓްގައި ހިމެނެ އެވެ.
މި ރިޕޯޓުގައި އަލިއަޅުވާލާފައިވަނީ 45 އެޕްލިކޭޝަން ލިބުނު ސިސްޓަމްތަކަށް ބޭނުންވާ ސޮފްޓްވެއާ ޑިވެލޮޕްމަންޓް އިންޖިނިއަރުންނަށް 128،200 ޑޮލަރު (ގާތްގަނޑަކަށް 95 މިލިއަން) އާއި 220،000 ޑޮލަރާ ދެމެދުގެ މުސާރައެއް (ގާތްގަނޑަކަށް 1.63 ކްރޯޑު) ލިބޭނެ ކަމަށެވެ.
ސޮފްޓްވެއާ ޑިވެލޮޕްމަންޓް އިންޖިނިއަރުންނަށް 239،871 ޑޮލަރު (ގާތްގަނޑަކަށް 1.78 ކްރޯޑު) އާ ހަމައަށް ލިބޭއިރު މެޝިން ލާނިން އިންޖިނިއަރުންނަށް 250،000 ޑޮލަރު (ގާތްގަނޑަކަށް 1.86 ކްރޯޑު) އާ ހަމައަށް އާމްދަނީ ލިބެ އެވެ.
މީގެ އިތުރުން، ޓެސްޓުތަކަށް ބޭނުންވާ ސޮފްޓްވެއާ ޑިވެލޮޕްމަންޓް އިންޖިނިއަރާއި، ޕްރޮޑަކްޝަން ސާވިސަސް އިންޖިނިއަރާއި، އެޕްލިކޭޝަންތަކަށް ސޮފްޓްވެއާ ޑިވެލޮޕްމަންޓް އިންޖިނިއަރެއްގެ ގޮތުގައި މަދުވެގެން 137،275 ޑޮލަރު (ގާތްގަނޑަކަށް 1.02 ކްރޯޑު)، 150،000 ޑޮލަރު (ގާތްގަނޑަކަށް 1.11 ކްރޯޑު ރުޕީސް) އަދި 125،000 (ގާތްގަނޑަކަށް 93 މިލިއަން ރުޕީސް) ލިބެ އެވެ.
އެންމެ ފަހު ކަމަކަށް، އޭއާރް/ވީއާރް ސޮފްޓްވެއާ ޑިވެލޮޕްމަންޓް އިންޖިނިއަރަކަށް 120،000 ޑޮލަރު (ގާތްގަނޑަކަށް 89 މިލިއަން ރުޕީސް) އާއި 246،000 ޑޮލަރާ ދެމެދުގެ އާމްދަނީއެއް (ގާތްގަނޑަކަށް 1.83 ކްރޯޑު) އާ ދެމެދުގެ އާމްދަނީއެއް ލިބޭއިރު، މެޝިން ލާނިން ރިސާޗް އިންޖިނިއަރަކަށް 211،300 ޑޮލަރު (ގާތްގަނޑަކަށް 1.57 ކްރޯޑު) އާ ހަމައަށް ލިބޭނެ އެވެ.
އެޕަލް އިން ދާދި ފަހުން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފައި ވަނީ މުސާރަ އާއި މަސައްކަތު ގަޑި އާއި މަސައްކަތުގެ މާހައުލާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި ފާޅުގައި ކޮންމެ މުވައްޒަފަކަށްވެސް މަޝްވަރާ ކުރެވިދާނެ ކަމަށެވެ. އެއީ މުވައްޒަފުންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ.
އެޕަލް ކުންފުނީގެ އެތެރޭގެ ހިންގާ ސައިޓެއްގައި ޝާއިއުކޮށްފައިވާ މި ނޯޓު މުވައްޒަފުންނާ ހިއްސާކޮށްފައިވަނީ ، އެޕަލްގެ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށްވާ ޗެރް ސްކާލެޓް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޕަލް އިން މީގެ ކުރިން މުވައްޒަފުންގެ މެދުގައި މުސާރައިގެ މަޝްވަރާތައް ކުރުމާއި، މިނިވަންކަމާއެކު އެފަދަ ޚިޔާލުތައް ފާޅުކުރުން ވަނީ ހުއްޓުވާފައިވާ ކަމަށް ބައެއް ފަރާތްތަކުންވަނީ ތުހުމަތު ކޮށްފައެވެ.


މި ރިޕޯޓް ލިޔުނު ރިޕޯޓަރަށް އެނގޭބާ އެއި 1 އަހަރު ދުވަހުގެ މުސާރަ ކަން. މިގައުމުގައި މަހު މުސާރަ ކިޔަސް ދުނިޔޭގެ ކުރިއަރާފައިވާ ތަންތާ މުސާރަ ކިޔަނީ އަހަރު ދުވަހުގެ މުސާރަކަން. އެހެން ވީމާ 150000ޑޮލަރަކީ މަހަކު 12500ޑޮލަރު. ރާއްޖޭގައި އުޅޭ ޕައިލެޓުންނާ ޑޮކްޓަރުންގެ މުަސާރަ އެއަށްވުރެ ބޮޑުވާނެ. ދެން ހަމަ އެއްޗެއް ފެނުނީމަ ލިޔުނަކަސް ޖަރނަލިސްޓަކަށް ނުވާނެ. ދިރާސާ ކުރުމަށް ނަސޭހަތްތެރި ވަން
mee kon qaumehge faisaain hisaabu hadhaigen liyefaivaa reportehbaa. Mi noohuge editor ah varah salaam.