ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހުދުސަމާލު ނެރެފި
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ނ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދުސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާޢިން ބުނީ ހެނދުނު 10:00 އާއި ހަވީރު 16:00 އާއި ދެމެދު އެ ސަރަޙައްދު ތަކުގެ މޫސުން ގޯސްވާނެކަމަށެވެ.
އެ އިދާރާއިން ބުނީ ގަޑިއަކު 20 މޭލާއި 27 މޭލާ ދެމެދަށް ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރައްވާ ކަމަށެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުންމޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.



