ދީން

ވުޟޫ ކުރާއިރު ކަންފަތުގައި ފެންލާނީ ކިހިނެއް؟

ސުވާލު:

ގުޅުންހުރި ލިޔުންތައް

 ވުޟޫކުރާމީހާ ކަންފަތުގައި ފެންލާއިރުލާނީ އާ ފެނެއްތޯ ނުވަތަ ބޮލުގައިލީ ފެންލުމަށްފަހު  އަތުގައިހުރި ތެތްކަމުންތޯ؟

—

ޖަވާބު:

ކަންތަފަތަށްލުމަށްޓަކައި އާފެނެއް ނެގުމަކީ އެއީ ލާޒިމުކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ އެދެވިގެންވާ މުސްތަޙައްބުކަމެއްވެސް ނޫނެވެ. އެއީ އެކަމުގައި ޢިލްމުވެރިންގެ އެންމެ ޞައްޙަ ޤައުލެވެ.

އެހެނީ ނަބިއްޔާ صلى الله عليه وسلم ކަންފަތަށްލުމަށްޓަކައި އާފެންފޮދެއް ނެންގެވިކަމަށް އެކަލޭގެފާނު ވުޟޫކުރެއްވިގޮތް ޞިފަކޮށްދެއްވި އެއްވެސް ބޭކަލަކު ބަޔާންކުރައްވާފައި ނުވެއެވެ.

ފަހެ މޮޅުއިތުރުގޮތަކީ ބޮލުގައި ފެންފުހުމަށްފަހު، އަތުގައި ދެންހުރި ތެތްކަމުން ކަންފަތުގައި ފުހުމެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٢١٨/ طبعة: دار الثريا للنشر

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close