ޚަބަރު

ހުޅުމާލޭގައި ބައްޕައަކު 21 އަހަރުގެ އަންހެން ދަރިއަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ


ބައްޕައަކު އޭނާގެ 21 އަހަރުގެ އަންހެން ދަރިއަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި 21 އަހަރުގެ އަންހެން ކުއްޖަކަށް ގެވެށި އަނިޔާކުރި މައްސަލަ އާދިއްތަ ދުވަހުގެ މެންދުރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ. އެކުއްޖާއަށް އިއްޔެ މެންދުރުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭތެރޭގައި ދެކެވުނު ވާހަކައެއްގެ ތެރޭ ދެބަސްވެ، ބައްޕަ ދަރިފުޅަށް އަނިޔާކުރުމުގެ ސަބަބުން މޭކަށިގަނޑުގައި ވަނީ ރެނދުލައިފައެވެ. އަދި ކަރުގައި ހިފުމުގެ ސަބަބުން ކަރުތެރެ ވަރަށް ބޮޑަށް ދުޅަވެ އިތުރު އަނިޔާތައް ވެސް ވެފައި އެބަހުއްޓެވެ.

އޭނާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައިވަނި އައިޖީއެމްއެޗް އަށެވެ. އައިޖީއެމްއެޗުން ކަމާ ގުޅުންހުރި އިދާރާތަކަށް މިކަން އަންގާފައެެއް ނުވެއެވެ. އެއަށްފަހު އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް މިކަން އަންގާފައެވެ.

ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close