ކުޅިވަރު

އާއަހަރުގެ ފެށުން ރަނގަޅުކޮށް ބާސާ ތާވަލުގެ ފަސްވަނައަށް


ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން މިއަހަރުގެ ކުޅެވުނު ފުރަތަމަ މެޗުގައި ރޭ ރަށުން ބޭރުގައި މަޔޯކާ އާއި ބައްދަލުކޮށް 1-0 މޮޅު ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ. ބާސެލޯނާ ފަސް ވަނައިގައި އޮތީ 19 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.


ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން މިއަހަރު ކުޅުނު ފުރަތަމަ މެޗުން ރޭ ގެޓަފޭ އަތުން ބަލިވި ނަމަވެސް އެޓީމަށް 20 މެޗުން 46 ޕޮއިންޓް ލިބިފައި ވެއެވެ.

ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސްވެސް ރޭ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސެލްޓަ ވިގޯ އަތުން ބަލިވި ނަމަވެސް އެޓީމަށް 19 މެޗުން 33 ޕޮއިންޓް ލިބިފައިވެއެވެ. މީގެ ފައިދާ ނަގާ އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ 2-0 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް 19 މެޗުން 32 ޕޮއިންޓް ހޯދައިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ބާސެލޯނާގެ 17 ކުޅުންތެރިއެއް އެކަހެރި ކުރެވިފައި ވަނިކޮށް ކުޅެވުނު ރޭގެ މެޗުގައި ބާސާގެ ހަމަ އެކަނި ލަނޑު ޖަހައިދީފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނެދަލެންޑްސް ފޯވާޑް ލޫކް ޑި ޔޯންއެވެ.

މިއީ މެޗުގެ ފުރަތަމަ ހާފު ނިމެއް އުޅެނިކޮށް ބާސާގެ އޮސްކާ މިންގޭޒާ ނެގި ހުރަހަކުން ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close