ދަނގަޑޭ ވެލެންސިއާއަށް ސޮއިކޮށްފި
ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަދި އިތުބާރު ފޯވާޑު އަލީ އަޝްފާޤު (ދަނގަޑޭ) އޭނާގެ ކެރިއަރ ފެށި ކުލަބު، ކުބަލު ވެލެންސިއާއަށް އަންނަ ސީޒަންގައި ކުޅެން ނިންމައި އެކްލަބަށް ސޮއިކޮށްފިއެވެ.
އަޝްފާޤު ރޭ ވަނީ ވެލެންސިއާއާއި އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ކުލަބް ވެލެންސިއާ އިންނެވެ. އަލުން އެބުރި ވެލެންސިއާގެ ޖާޒީގައި ދަނގަޑޭ މިފެންނަނީ އޭގެ15 އަހަރު ފަހުންނެވެ. ދަގަނޑޭ ވަނީ ވެލެންސިއާ އަށް ކުޅެދިން 109 މެޗުން 104 ގޯލު ޖަހައިފައެވެ.
ދަނގަޑޭ ވަނީ މިމުއްދަތުގައި ދިވެހިލީގު 4 ފަހަރު، ކަޕްވިނާސް ކަޕް 2 ފަހަރު، އެފްއޭކަޕް އެއް ފަހަރު ކާމިޔާބްކޮށްފައެވެ. އަޝްފާޤަކީ މިސަރަހައްދުގައި ހުރި އެންމެ ކާމިޔާބް އެއްފޯވާޑެވެ. އޭނާވަނީ ދާދިފަހުން އޭފްއެސީ ބްރެކްޓް ޗެލެންޗުގައި ހޮވާ އެންމެ ރީތި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ.

