އެމެރިކާއާއި އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމުން މާލީ އަދި ގިނީ ވަކިކޮށްފި
ވޮޝިންޓަން (ޖެނުއަރީ 2) – އެމެރިކާ-އެފްރިކާ ވިޔަފާރީގެ އެއްބަސްވުމުން އިތިއޯޕިއާ، މާލީ އަދި ގިނީ ވަކިކުރިކަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު އެކަން ރަސްމީކޮށް އިއުލާނުކުރި އިރު، އެ ތިން ޤައުމުގެ އަމަލުތައް ހުރީ އެއްބަސްވުމުގެ އުސޫލުތަކާ ހިލާފުވެފައި ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
“އެމެރިކާއިން މިއަދު އިތިއޯޕިއާ، މާލީ އަދި ގިނީ އާގޯއާ ޓްރޭޑް ޕްރިފަރެންސް ޕްރޮގްރާމުން ވަކިކުރީ، އެގައުމުތަކުގެ ކޮންމެ ސަރުކާރަކުންވެސް އަގޯއާ ސްޓެޓިއުޓްއާ ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން” އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް (ޔޫއެސްޓީއާރް) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެފްރިކަން ގްރޯތް އެންޑް އޮޕޮޗުނިޓީ އެކްޓް (އަގޯއޭ) އަކީ 2000 ވަނަ އަހަރު ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި އެމެރިކާއާއި އެފްރިކާގެ ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރުމަށް މަގުފަހިކޮށް، ރެގިއުލޭޓް ކުރުމަށް އަމަލުކުރަން ފަށާފައިވާ ގާނޫނެކެވެ.
