ލަންދޫ މާބުދުގެ ސަރަހައްދުގައި މިއުޒިއަމްއެއް ތަރައްގީކުރުމަށް ބޭނުންވާ ކުރެހުން ތައްޔާރުކުރުމަށް ބަޔަކާ ހަވާލުކޮށްފި
ނ.ލަންދޫ މާބުދުގެ ސަރަހައްދުގައި މިއުޒިއަމްއެއް ތަރައްގީކުރުމަށް ބޭނުންވާ ކުރެހުން ތައްޔާރުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރ ހެރިޓޭޖްގެ ޓްވިޓަރ ޕޯސްޓެއްގައި ބުނެފައިވަނީ ނ.ލަންދޫ މާބުދުގެ ސަރަހައްދާއި އެ ސަރަހައްދުގައި ސައިޓް މިއުޒިއަމްއެއް ތަރައްގީކުރުމަށް ބޭނުންވާ ކޮންސެޕްޓާއި ތަފްސީލީ ކުރެހުން ތައްޔާރުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ލަންދޫގައި ސަރުކާރުން ހައްދަވާ ދާރުލް އާޘާރު ނުވަތަ މިއުޒިއަމް ގެ ކުރެހުން ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ ސިއާކް އާކިޓެކްސް އެންޑް ބިލްޑަރސްއާ ކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ.
އަދި އެމަސައްކަތް މިހިނގާ ޖެނުއަރީ މަހުގެ 22 ގައި ނިމެނޭކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ.
ނ.ލަންދޫ މާބުދުގެ ނުވަތަ މާބަދިގެ އަކީ އުސްމިނުގައި 28 ފޫޓް ހުރި އިހުޒަމާނުގެ ބުޑިސްޓު މޮނާސްޓްރީއެއް ހުރިތަނެއްކަމަށް ދިވެހި ތާރީޚްގައި ވެއެވެ. މިތަނުން ބްރަހްމީއަކުރުން ލިޔެފައިވާ ގަލެއްފެނިފައިވާކަމަށާއި އެގަލަކީ ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އެންމެދުވަސްވީ ލިޔުންކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވިދާޅުވެފައިވެއެވެ.
