މިޔަންމާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު އަދާފައިވޭ
މިޔަންމާގެ ކަޔާހް ސްޓޭޓުން 30 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު އަނދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިޔަންމާގެ ވެރިރަށް ކާޔާހްގައި ހަމަނުޖެހުން ބޮޑު އިރުމަތީ ސްޓޭޓެއް ކަމަށްވާ ކަޔާހްގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރެއިން 35 މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ކްރިސްމަސް ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މަރުވެފައިވާ މީހުންގެ ހަށިތައް ފެނިފައިވަނީ، އެޗްޕީރޫސޯ ޓައުންގެ މޯ ސޯ ވިލެޖް ކައިރިން، އަނދާފައިވާ 8 ވެހިކަލަކާއި، 5 މޮޓޯސައިކަލެއްގެ ތެރެއިންނެވެ.
އޭގެ ތެރޭގައި ބޮޑެތި މީހުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެ ގައުމުގެ ލޯކަލް ކެރަންނީ ހިއުމަން ރައިޓްސް ގްރޫޕުން ބުނެ އެވެ.
“އިންސާނީ ހައްގުތައް ނިގުޅައިގަންނަ ލާއިންސާނީ އަދި އަނިޔާވެރި މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،” އެ ޖަމާއަތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ކެރަންނީ ނޭޝަނަލް ޑިފެންސް ފޯސް (ކޭއެންޑީއެފް) އިން ވަނީ އެ ގައުމުގެ އަސްކަރީ ގަވަރުނަރުން މަރާލި ކަމުގެ ތުހުމަތު ކޮށްފައެވެ.
ކޭއެންޑީއެފް އަކީ މިދިޔަ ފެބްރުއަރީ މަހު ގެނައި ބަޣާވާތެއްގައި ވެރިކަމާ ހަވާލުވި ފަހުން އެ ގައުމުގެ އަސްކަރިއްޔާއާ ދެކޮޅު މަދަނީ އެތައް މިލިޓަރީއެއްގެ ތެރެއިން އެންމެ ބޮޑު އެއް މިލިޓަރީ އެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިޔަންމާ ގެ އަސްކަރިއްޔާއިން ވަނީ އެ ވިލެޖުގައި އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއިން ގިނަ އަދަދެއްގެ “ޓެރަރިސްޓުން” ބަޑިޖަހައި މަރާލާފައެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައްޔިތުން ތިބީ ހަތް ވެހިކަލެއްގައި ކަމަށާއި، އަސްކަރިއްޔާއަށް ޓަކައި ހުއްޓުމެއް ނާންނަ ކަމަށެވެ.


